ފޭރުނީ ލައްކައަކަށްވުރެ ގިނަ ޑޮލަރު، ސޫޓްކޭސް ގެންދަން ބީއެމްއެލް އިން ޕޮލިސް ސެކިއުރިޓީ ބޭނުމެެއް ނުކުރޭ

މުހައްމަދު ޖަމްޝަތު | 39 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 11:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް---ފޮޓޯ:ޚުލާސާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް---ފޮޓޯ:ޚުލާސާ
ޚުލާސާ

ފައިސާ ފޭރިގަތް މީހުން ފިލީ އެއާޕޯޓު ޖެޓީގައި އޮތް ލޯންޗެއްގަ

ރޭ ފަތިހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބީއެމްއެލްގެ މުވައްޒަފުންތަކެއް އަތުން ފޭރިގަތް ފައިސާގެ ސޫޓްކޭސް ގެންދަން ފުލުހުންގެ ސެކިއުރިޓީ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި ފޭރިގަތް ސޫޓްކޭސްގައި ގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުއްޓެވެ. އަދި އެ ފައިސާ ތަކަކީ ވީއައިއޭގެ އާ ޓާމިނަލުގައި ހުންނަ ޑޮލަރު ވިއްކާ ކައުންޓަރަށް ގެންދަން ބީއެމްއެލް އިން ގެންދިޔަ ފައިސާ ތަކަކެވެ. ބޭންކުން އެއްތަނުން އަނެެއްތަނަށް ފައިސާ ގެންދިއުމަށް ފުލުހުންގެ ސެކިއުރިޓީ އާންމުކޮށް ބޭނުންކުރި ނަމަވެސް މިހާ ބޮޑު އަދަދެއްގެ ފައިސާ ހިފައިގެން ދިޔައިރު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައެއް ނުވެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ ރޭފަތިހު 4:45 ހާއިރު އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމާއި އެއީ ކޮން ބޭންކެއްގެ މުވައްޒަފުންތަކެއް ކަމާއި ފޭރުމުގައި ޝާމިލުވަނީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.

"ޙުލާސާ" އާށް އެނގިފައިވާ ގޮތުގައި ސޫޓްކޭސްއެއްގައި ފައިސާތައް ހިފައިގެން ދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ. އަދި ފައިސާ ފޭރިގަތް މީހުން ފިލީ އެއާޕޯޓު ޖެޓީގައި އޮތް ލޯންޗެއްގަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%