މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ ފަތިހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބީއެމްއެލްގެ މުވައްޒަފުންތަކެއް އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ ކަމަށް ފަތިހު 4:45 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމާއި އެއީ ކޮން ބޭންކެއްގެ މުވައްޒަފުންތަކެއް ފުލުހުން ނުބުނެއެވެ. އަދި ފޭރުމުގައި ޝާމިލުވަނީ ކިތައް މީހުން ކަމެއްވެސް ނުބެނެ އެވެ.
"ޙުލާސާ" އާށް އެނގިފައިވާ ގޮތުގައި ސޫޓްކޭސްއެއްގައި ފައިސާތައް ހިފައިގެން ދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.






