ނިއުކްލިއާ ހަކަތަ ބޭނުންކޮށްގެން ދަތުރުކުރާ އަންލިމިޓެޑް ރޭންޖުގެ ކްރޫޒް މިސައިލެއް ކާމިޔާބުކަމާއި އެކު ޓެސްޓު ކުރުމަށްފަހު މޮސްކޯއިން އެކަން އިޢުލާން ކޮށްފިއެވެ. ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވީ އެ ޤައުމުން އުފެއްދި މި މިސައިލް ހުއްޓުވުމުގެ ޤާބިލްކަން ދުނިޔޭގެ އެއްވެސް ބަޔަކަށް ލިބިގެން ނުވާނެ ކަމަށެވެ.
ނިއުކްލިޔަރ ހަކަތައިގެ ބާރުގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ އައު މިސައިލެއް ޓެސްޓު ކުރުމަށްފަހު ޕޫޓިން ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އާި ގުޅިގެން ހުޅަނގުން ރަޝިޔާއަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކަށް އެ ޤައުމުން ބޯނުލަނބާނެ ކަމަށެވެ.
ނިއުކްލިއާ ވޯހެޑުތައް އުފުލާ މި މިސައިލުގެ މަސައްކަތް ފެށިކަން އެންމެ ފުރަތަމަ ރަޝިއާއިން އިއުލާންކުރީ 2018 ވަނަ އަހަރުގައި ކަމަށް ވާއިރު، އޭރު ހެދި ޓެސްޓު ފެއިލް ވިޔަސް، މިހާރު ހެދިނޓެސްޓް ވަނީ ކާމިޔާބު ވެފައެވެ.






