އުފާ ފާޅުކުރުމަށް ހުޅުދޫ އަދި މީދޫގައި މިރޭ ހަވާ އަރުވަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 40 ދުވަސް ކުރިން - 26 އޮކްޓޯބަރު 2025 11:52
ހުޅުމީދޫ. މިރޭ 08:30ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ--- ފޮޓޯ: އިންޓަނެޓް
ހުޅުމީދޫ. މިރޭ 08:30ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މި އިވެންޓު އޮންނާނީ މިރޭ 08:30ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައި، މެމްބަރު އަބްދުއްރަހުމާން ވަނީ ދެ ރަށުގެ ރައްޔިތުން މި އިވެންޓަށް ހާޒިރުވުމަށް ދައުވަތު އަރުވައިފަ

އަައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމަށް ނެގުނު ވޯޓުގައި، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ސިޓީ ކައުންސިލާ ވަކިވާން ނިންމުމާ ގުޅިގެން، އުފާ ފާޅުކުރުމުގެ ގޮތުން އެ ދެ ރަށުގައި މިރޭ ހަވާއެރުވުމަށް ނިންމައިފި އެވެ.

މިއީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގަ އެވެ.

އަދި ދެ ރަށް ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ މުހައްމަދު ޝާހިދު އަދި އަބްދުއްރަހުމާން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަބްދުއްރަހްމާން ވަނީ މިރޭ ބާއްވާ އިވެންޓަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ދައުވަތުވެސް އަރުވައިފަ އެވެ.

އަައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމަށް ނެގުނު ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލާ ވަކިވުމަށް ނަމަވެސް ފޭދޫގެ ރައްޔިތުން ބޭނުންވީ ސިޓީ ކައުންސިލާ ވަކިނުވުމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%