Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ ވޯޓު: ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމީ ކައުންސިލްތައް ވަކިކުރަން

އައްޑޫ ވޯޓު: ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމީ ކައުންސިލްތައް ވަކިކުރަން

މުޙައްމަދު ޖިނާން ހުސައިން ޖަބީން
273 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 17:59
އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ކުރިއަށްދަނީ--- ފޮޓޯ: ޚުލާސާ
އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ކުރިއަށްދަނީ--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 9،576 މީހުންނަށް، އެހެންނަމަވެސް ވޯޓުލައިފައިވަނީ އެންމެ 3،410 މީހުން

އަައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމަށް ނެގުނު ވޯޓުގައި، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށުގައި ވަކިވަކި ކައުންސިލްތަކެއް ގާއިމުކުރުމަށް ކަމަށް ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، އައްޑޫ ސިޓީ ހުޅުދޫގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލާ ވަކިވުމަށެވެ. އެގޮތުން ސިޓީ ކައުންސިލާ ވަކިވުމަށް ފެންނަ ކަމަށް ހުޅުދޫގެ 720 މީހުން ވަނީ ވޯޓު ދީފަ އެވެ. އެއީ 67.29 އިންސައްތަ އެވެ. ސިޓީ ކައުންސިލާ ވަކިވުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 325 މީހުންނެވެ. އެއީ 30.37 އިންސައްތަ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ވަކިވުމަށް ފެންނަކަމަށް އައްޑޫ ސީިޓީ މީދޫގެ 841 މީހުން ވަނީ ވޯޓު ދީފަ އެވެ. އެއީ 83.93 އިންސައްތަ އެވެ. ސިޓީ ކައުންސިލާ ވަކިވުމަށް ނުފެންނަކަމަށް ވޯޓު ދީފައިވަނީ އެންމެ 144 މީހުންނެވެ. އެއީ 14.37 އިންސައްތަ އެވެ.

Advertisement

Advertisement 1

އައްޑޫ ސިޓީ ކައުންސިލާ ވަކިވުމަށް ނުފެންނަކަމަށް ވޯޓު ދީފައިވަނީ ފޭދޫގެ ރައްޔިތުން އެކަންޏެވެ. ސިޓީ ކައުންސިލާ ވަކިވުމަށް ފެންނަކަމަށް 615 މީހުން ވޯޓު ދީފައިވާއިރު، ސިޓީ ކައުންސިލާ ވަކިވުމަށް ނުފެންނަ ކަމަށް 1،782 މީހުންވަނީ ވޯޓު ދީފަ އެވެ.

ވޯޓުފޮށިތައް ބަންދުކުރި އިރު ވޯޓު ލައިފައިވަނީ އެންމެ 3،410 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 35.61 އިންސައްތަ އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 6،166 މީހުން ވޯޓުލައިފައެއް ނުވެ އެވެ. މިއަދު ހެނދުނު 08:00 އިން ފެށިގެން ވޯޓުލުމުގެ ކަންކަން ފެށިގެން ކުރިއަށް ގޮސްފައިވާއިރު އައްޑޫ ސިޓީ ހުޅުދޫ، މީދޫ، ފޭދޫގެ އިތުރުން މާލޭ ސިޓީގައި ޖުމުލަ 18 ފޮއްޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓައިފަ އެވެ.

މާލޭ ސިޓީގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސުކޫލުގަ އެވެ. ކަލާފާނު ސުކޫލުގައި ޖުމުލަ ހަތް ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ. ވޯޓުލުމުގެ ކަންކަން މިއަދު ހަވީރު 04:00 އާއި ހަމައަށްވަނީ ކުރިއަށް ގޮސްފަ އެވެ.

އައްޑޫ ސިޓީ ހުޅުދޫ، މީދޫ އަދި ފޭދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 9،576 މީހުންނަށެވެ. އެއީ އައްޑޫ ސިޓީ ހުޅުދޫއިން 2،874 މީހުންނާއި، މީދޫއިން 2،347 މީހުންނާއި، އަދި ފޭދޫއިން 4،355 މީހުންނެވެ.

މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އައްޑޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

9 ދުވަސް ކުރިން - 19:57

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24