Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް ހެދުމަށް ހިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި

އަައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް ހެދުމަށް ހިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
229 ދުވަސް ކުރިން - 25 އޮކްޓޫބަރު 2025 10:58
އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ކުރިއަށްދަނީ--- ފޮޓޯ: ޚުލާސާ
އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ކުރިއަށްދަނީ--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމުލަ 9،576 މީހުންނަށެވެ. ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހުޅުދޫ މީދޫ، އަދި ފޭދޫގެ އިތުރުން މާލެ ސިޓީގައި

އަައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި އެވެ.

އައްޑޫ ސިޓީ ހުޅުދޫ، މީދޫ، އަދި ފޭދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ. ވޯޓުލުން ކުރިއަށް ދާނީ އައްޑޫ ސިޓީ އަދި މާލޭ ސިޓީގަ އެވެ.

މާލެ ސިޓީއާއި އައްޑޫ ސިޓީގެ ތިން އަވަށުގައި ޖުމުލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭ ސިޓީގައި ހަތް ފޮށި ބަހައްޓާފައިވާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ވަނީ ބަހައްޓައިފަ އެވެ. މާލޭގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގަ އެވެ.

Advertisement

Advertisement 1

އައްޑޫ ސިޓީ ހުޅުދޫ، މީދޫ އަދި ފޭދޫގައި ސިޓީ ކައުންސިލުން ވަކިވެފައިވާ ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 9،576 މީހުންނަށެވެ. އެއީ އައްޑޫ ސިޓީ ހުޅުދޫއިން 2،874 މީހުންނާއި، މީދޫއިން 2،347 މީހުންނާއި، އަދި ފޭދޫއިން 4،355 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ނިމުމާއެކު، ވޯޓު ގުނައި، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ އެވެ. މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އައްޑޫ ސިޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

16 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

16 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

17 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 20:42

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި؛ މީހަކު ހައްޔަރުކޮށްފި

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

43 ދުވަސް ކުރިން - 16:50