Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ ސިޓީގައި ވަކި ކައުންސިލުތަކެއް ހެދުމާއިމެދު ގޮތް ނިންމާ ވޯޓު މާދަމާ!

އައްޑޫ ސިޓީގައި ވަކި ކައުންސިލުތަކެއް ހެދުމާއިމެދު ގޮތް ނިންމާ ވޯޓު މާދަމާ!

މުހައްމަދު ޖަމްޝަތު
319 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 23:37
އައްޑޫ 3 ރަށެއްގައި ހިޔާލުހޯދުމަށް ނަގާ ތާރީހީ ވޯޓު މާދަމާ ބާއްވަނީ---ފޮޓޯ:އީސީ
އައްޑޫ 3 ރަށެއްގައި ހިޔާލުހޯދުމަށް ނަގާ ތާރީހީ ވޯޓު މާދަމާ ބާއްވަނީ---ފޮޓޯ:އީސީ
ޚުލާސާ

ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރާނީ ވޯޓުލުން ނިމުން އެ ވޯޓު ފޮއްޓެއް ކައިރީގައި

އައްޑޫ ސިޓީގައި ވަކި ކައުންސިލުތަކަށް ހެދުމާއިމެދު ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު މާލެ އާއި އައްޑޫސިޓީގައި މާދަމާ ހެދުނު ފަށަން ތައްޔާރުވެފައިވާއިރު ވޯޓަށް ކެމްޕެއިންކުރަން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 6:00 އަށް ހަމަވެއްޖެ އެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް ސަރުކާރަށް ހުށަހަޅާފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން ދެކޭގޮތް ބަލައި، ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓެކެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ އިތުރުން މާލެ ސިޓީގަ އެވެ.

މާލެ އާއި އައްޑޫގެ ތިން ރަށުގައި 18 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލުގަ އެވެ.

Advertisement

Advertisement 1

މާދަމާ ހެދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދާ މި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 9،576 މީހުންނަށެވެ. އެއީ ފޭދޫން 4،355 މީހުންނާއި ހުޅުދޫން 2،874 މީހުންނާއި މީދޫން 2،347 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާދަމާގެ ވޯޓު ގުނައި ނިމުމުން އެ ވޯޓު ފޮއްޓެއްގެ ކައިރީގައި އެ ފޮއްޓެއްގެ ވޯޓުގެ ނަތީޖާ އިއުލާން ކުރަމުން ގެންދާ ގޮތަށެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އައްޑޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

އައްޑޫ ޒޯން 9 ވަނަ ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ހިތަދޫގައި ނިންމާލައިފި

ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ހިތަދޫގައި ނިންމާލައިފި

19 ދުވަސް ކުރިން - 14:20

އިހުތިސާސާ ގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

އިހުތިސާސާގުޅޭ ބިލަށް ތާއީދުކުރަންޖެހުނު އެއްސަބަބަކީ އައްޑޫ ބުރިޖު ހަގީގަތަކަށް ހެދުން: ނަރީޝް

27 ދުވަސް ކުރިން - 12:34

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

48 ދުވަސް ކުރިން - 10:08

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

49 ދުވަސް ކުރިން - 12:49

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

55 ދުވަސް ކުރިން - 19:57