އައްޑޫ ހިތަދޫގެ ގެއަކުން މަރުވެފައި އޮތް ދެމަފިރިން ފެނިއްޖެ

މުހައްމަދު ޖަމްޝަތު | 6 ގަޑިއިރު ކުރިން - 22 އޮކްޓޯބަރު 2025 18:12
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް---ފޮޓޯ:ފޭސްބުކް(އާތިފް އަހުމަދު)
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް---ފޮޓޯ:ފޭސްބުކް(އާތިފް އަހުމަދު)
ޚުލާސާ

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ދެމަފިރިން، ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ދެމަފިރިއަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ހަރަކާތްތެރިވަމުންދާ ކަމަށެވެ. މަރުވެފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެެވެ.

"ޚުލާސާ" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ދެމަފިރިންނެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ ރޭ އެރަށުން ކަރަންޓު ދިއުމުން އެ ދެމަފިިރިން ފެނުނު ގޭތެރޭގައި ޖަނަރޭޓަރެއް ޖައްސައިގެން ތިބި ކަމަށް ރަށުތެރޭގައި ވާހަކަދެކެވޭ ކަމަށާއި ޖަނަރޭޓަރުގެ ދުމުގެ އަސަރު އެގޭތެރޭގައި ހުރި ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެމީހުން މަރުވީ ކަރަންޓު ޖެހިގެން ނުވަތަ ދުމުގެ ސަބަބުން ހާސްވެގެން ކަމަށްވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައި އޮތްވާ ފެނުނީ ހިތަދޫ ކުރެނީގެ، އިބްރާހިމް އަބްދުﷲ (60އ) އާއި ސ. މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު (52އ) އެވެ. ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް އަދި ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ އެއް ނުކުރެ އެވެ. ދެ މީހުން މަރުވެފައި އޮއްވައި ފެނިގެން، އެ ދެ މީހުން މިހާރު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%