ރަތް ރޮނގު ހުރަސް ނުކުރުމަށް ބުނެ ޓްރަމްޕަށް ޕޫޓިން އިންޒާރު ދެއްވައިފި

ޢަބްދުﷲ ޖުނައިދު | 12 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 22:51
ނިއުކްލިއާ އެންމެ ބޮޑު ދެބާރުގެ ވެރިން ކަމަށްވާ އެމެެރިކާގެ ރައީސް ޓްރަމްޕާއި ރަޝިއާގެ ރައީސް ޕޫޓިން (ވ) / ފޮޓޯ: ރޮއިޓާސް
ނިއުކްލިއާ އެންމެ ބޮޑު ދެބާރުގެ ވެރިން ކަމަށްވާ އެމެެރިކާގެ ރައީސް ޓްރަމްޕާއި ރަޝިއާގެ ރައީސް ޕޫޓިން (ވ) / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ޔުކްރޭނަށް ޓޮމަހޯކް މިސައިލް ދީފިނަމަ މަސްރަޙް ވަރަށް ގޯސް ވާނެ ކަމަށާއި ރަޝިއާ އާއި އެމެރިކާގެ ގުޅުންވެސް ކެނޑިދާނެ ކަމަށް ބުނެ ޓްރަމްޕަށް ޕޫޓިން އިންޒާރު ދެއްވައިފި.

ނިއުކްލިއާ ގަދަ ބާރު ކަމަށްވާ ރަޝިޔާ އަށް ޙަމަލާ ދިނުމަށްޓަކައި ނޭޓޯ އަޑީގައި އޮވެގެން ހަނގުރާމަކުރަމުންދާ ޔޫކްރޭނަށް ދުރުރާސްތާ ޓޮމަހޯކް ކްރޫޒް މިސައިލް އެމެރިކާއިން ދީފިނަމަ އެއީ ރަތް ރޮނގު ހުރަސްކުރުން ކަމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ ދެޤައުމުގެ ގުޅުން ކެނޑި، ހަނގުރާމައިގެ ޙާލަތު ވަރަށް ގޯސްވުން އެކަށީގެންވާ ކަމަށް ބުނެ ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޕޫޓިން ވިދާޅުވީ މިފަދަ ފިޔަވަޅަކުން މޮސްކޯ އާއި ވޮޝިންޓަނާއި ދެމެދު ރަނގަޅުވަމުން އަންނަ ގުޅުން ހަލާކުވެ، މިއީ ހިނގަމުންދާ ހަމަނުޖެހުންތަކުގައި "މުޅިން އާ މަރުޙަލާއެއް" އުފެދޭނެ ކަމެކެވެ.

2،500 ކިލޯމީޓަރާއި ހަމައަށް ދަތުރުކުރާ އެމެރިކާގެ ޓޮމަހޯކް މިސައިލުން މޮސްކޯ ހިމެނޭހެން ރަޝިޔާ ސަރަޙައްދުގެ އެންމެ ފުނަށް ޙަމަލާ ދިނުމުގެ ޤާބިލްކަން ޔޫކްރޭނަށް ވަރަށް ބޮޑަށް ލިބިގެންދާނެއެވެ. މި ހަތިޔާރާއި ބެހޭގޮތުން ޔުކްރޭނުގެ ރައީސް ޒެލެންސްކީ އާއި ޓްރަމްޕް ވަނީ ކޮންމެވެސް ވަރަކަށް މަޝްވަރާތަކެއް ކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އެ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދިނުމާއި މެދު ސީދާ ޖަވާބެއް ވޮޝިންޓަނަކުން އަދި ދީފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%