އައްޑޫ ކައުންސިލް ބަދަލު ކުރުމުގެ ވޯޓު: މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެ

އައިޝަތު ޝިފްނާ ހުސައިން | 9 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 17:31
އިލެކްޝަންސް ކޮމިޝަން އޮފީސް.---
އިލެކްޝަންސް ކޮމިޝަން އޮފީސް.---
ޚުލާސާ

ޒާހިދު ބުނީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށް

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެންނަ ނުފެންނަ ވޯޓު ނަގަން މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ބުނެފި އެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ޒާހިދު ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އަދަދު:

- ހުޅުދޫގައި 3 ފޮށި.

- މީދޫގައި 3 ފޮށި.

- ފޭދޫގައި 5 ފޮށި.

- މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި.

- މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި.

- މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި.

ޒާހިދު ބުނީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ހަތް ފޮށި ބޮޑު ޖާގަ އޮތް އެއް ތަނެއްގައި ބަހައްޓަން. އެހެން ނަމަވެސް އެ ހަތް ފޮށި ވަކިވަކިން ބެހެއްޓޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމު ކުރާނަން."

މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ބަލާއިރު 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އީސީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 އިން 12 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ޒާހިދު ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%