Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފެނަކައިގެ ކޮރަޕްޝަނުގެ 161 މައްސަލަ އޭސީސީން ތަހުގީގު އެބަކުރޭ، ހޯދަންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށް އަރާ

ފެނަކައިގެ ކޮރަޕްޝަނުގެ 161 މައްސަލަ އޭސީސީން ތަހުގީގު އެބަކުރޭ، ހޯދަންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށް އަރާ

މުހައްމަދު ޖަމްޝަތު
288 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 15:08
އޭސީސީ އޮފީސް----
އޭސީސީ އޮފީސް----
ޚުލާސާ

ފެނަކައިން ބީލަމުގެ އުސޫލުތަކާއި ހިލާފަށް 2.23 ބިލިއަން ރުފިޔާގެ މަސައްކަތް ކުންފުނިތަކަށް ދީފައިވޭ، ނުއަގުގައި އެތައް މުދަލެއް ކުންފުންޏަށް ހޯދައި އިސްރާފު އެތައް ހަރަދެއްކުރި

ކޮރަޕްޝަނުގެ ހާއްޔަކަށް ހަދައިގެން ނިމިދިޔަ ސަރުކާރުން ހިންގަމުން އައި ފެނަކަ ކޯޕަރޭޝަނާއި ގުޅޭ 161 މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ފެނަކައިގެ ތެރެއިން 2021 އިން 2023 އަށް ހިންގާފައިވާ ބޮޑު ވައްކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު އެ ރިޕޯޓާއި ގުޅިގެން އޭސީސީން ވަނީ މިއަދު ބަޔާނެއްް ނެރެފަ އެވެ.

އޭސީސީގެ ބަޔާނުގައި ބުނީ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިހްތިސާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަންބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement

Advertisement 1

އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ އޭސީސީން މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކެއް ކަމަށާއި އެގޮތުން ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލަ އެ ކޮމިޝަނުން މިހާރުވެސް ތަހުގީކުރަމުންދާއިރު އޭގެތެރެއިން 13މައްސަލައެއްގައި ޕީޖީ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާކަމަށް ބުނެފައިވެ އެވެ.

އަދި 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ ނުވަ މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކުރެވި މިހާރު ހުކުމްކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭސީސީން ބުނީ މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހުކުރުމަށް ވާނީ އެ ކުންފުންޏަށް އަންގާފައި ކަމަށާއި އެކަންކަމުގެ ތެރޭގައި؛ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް އަށް ކަމަކާއި އަދި އިތުރު ކަންކަންވެސް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ފެނަކަފެނަކަ ޚިޔާނާތް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

4 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

5 ދުވަސް ކުރިން - 23:18

ފެނަކަ "ރައިޓްސައިޒް" ކުރުމުގެ ދަށުން 90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެ

90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ފެނަކަ ވަޒީފާއިން ވަކިވާން އެދިއްޖެ

27 ދުވަސް ކުރިން - 11:48

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމަނީ

49 ދުވަސް ކުރިން - 22:18

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެރަށްރަށަށް ބާލައިފި

51 ދުވަސް ކުރިން - 21:56

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

68 ދުވަސް ކުރިން - 17:52