ފެނަކަ އޮޑިޓާއި ގުޅިގެން ފިޔަވަޅު އަޅަން ފަށައިފި ކަމަށް އޭސީސީއިން ބުނެފި

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 2 އޮކްޓޯބަރު 2025 15:11
އޭސީސީގެ ރައީސް އާދަމް ޝާމިލް.---ފޮޓޯ: މިހާރު
އޭސީސީގެ ރައީސް އާދަމް ޝާމިލް.---ފޮޓޯ: މިހާރު
ޚުލާސާ

އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގިނަ މައްސަލަތަކަކީ އޭސީސީން މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކެއްކަން އޭސީސީން ބުނެފައިވާއިރު ފެނަކަގެ 161 މައްސަލަ އޭސީސީން ތަހުގީގުކުރަމުންދާ ކަމަށް ބުނި.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެެ.

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އޭސީސީގެ ތަހުގީގުކުރުމުގެ އިހްތިސާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަންބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގިނަ މައްސަލަތަކަކީ އޭސީސީން މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކެއްކަން އޭސީސީން ބުނެފައިވާއިރު ފެނަކަގެ 161 މައްސަލަ އޭސީސީން ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.

މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާއިރު، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ ނުވަ މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހުކުރުމަށް، މިހާތަނަށް ވާނީ އަންގާފައި ކަމަށްވެސް އޭސީސީން ބުނެފަިއވެ އެވެ. އެކަންކަމުގެ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް 8 ކަމަކާއި އަދި އިތުރު ކަންކަން ހިމެނޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%