Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފެނަކައިން ވާނުވާ ނޭނގި 88.6 މިލިއަން ރުފިޔާ ބުރުއްސައިލިއިރު، ހިސާބެއް ކިތާބެއްވެސް ހާމައެއް ނުކުރޭ!

ފެނަކައިން ވާނުވާ ނޭނގި 88.6 މިލިއަން ރުފިޔާ ބުރުއްސައިލިއިރު، ހިސާބެއް ކިތާބެއްވެސް ހާމައެއް ނުކުރޭ!

އައިޝަތު ޝިފްނާ ހުސައިން
251 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2025 15:28
(ޚުލާޞާ ގްރެފިކްސް)
(ޚުލާޞާ ގްރެފިކްސް)
ޚުލާސާ

88.6 މިލިއަން ރުފިޔާއަކީ 250 ކޭވީގެ ގާތްގަނޑަކަށް 342 ޔުނިޓް ގަނެވޭނެ ފައިސާ. އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ފެނަކައިގެ ޢަމަލުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތުއެބައޮތް.

“ފެންފޮދަކާއި ނުލައި ރައްޔިތުންގެ ބައިތުލްމާލު ދިރުވައިލައި” ރާއްޖޭގެ މުޅި މާލީ ނިޒާމު ފުނޑައިލި ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަން “ފެލާލައިފި”ކަން ހާމަވެއްޖެއެވެ. މަދު ޢަދަދެއް ނޫނެވެ. “ވާނުވާ” ވެސް ނޭނގެއެވެ. 88.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްލާފައެވެ.

‎އެ ފައިސާގެ ތެރޭގައި އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާ އާއި ނަގުދު ފައިސާގެ ގޮތުގައި ދީފައިވާ ފައިސާ ހިމެނެ އެވެ. އަދި ބައެއް ޚަރަދުތަކުގެ ތަފްޞީލު ހަމަ އެއްވެސް ގޮތަކަށް އެނގޭކަށް ނެތެވެ. މި ޚިޔާނާތް ހިންގިއިރު، ފެނަކައިގެ ވެރީންނާއި ދޭތެރޭ ފުރިހަމަ އިތުބާރު އޮތް ކަމަށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމަކީ މި ޚިޔާނާތުގައި އެމަނިކުފާނު 100 ޕަސަންޓް ޒިންމާ ވާންޖެހޭ ކަމެއް ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.

‎އޮޑިޓް ރިޕޯޓުން ދައްކާގޮތުން މާނަކުރެވޭ ގޮތުގައި އެމްޑީޕީން ފެނަކަ ކުންފުނީގެ ފައިސާ “ދިރުވައިލުމުގެ ސަބަބުން” ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު އެބަ އޮތެވެ.

Advertisement

Advertisement 1

‎އިންޖީނުގެ އާއި، އޮފީސް، ޢިމާރާތްތައް އެޅުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢު ތަކާއި ގުޅުންހުރި ޚަރަދުތައް ކުރުމަށްޓަކައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ ވެރިކަމުން ޖުމުލަ 26,493,169 ރުފިޔާ ވަނީ ޕެޓީ ކޭޝް ފައިސާ ކަމަށްބުނެ އެކި މަޝްރޫއުތަކުގެ ޕްރޮޖެކްޓް މެނޭޖަރުންގެ ގޮތުގައި ނަގާފައިވާ ވަގުތީ މުވައްޒަފުންނަށް ދޫކޮށްފައި ކަމަށް ރިޕޯޓުން ދައްކައެވެ.

‎މި ފައިސާގެ ތެރެއިން 21,368,039 ރުފިޔާ އެ މުވައްޒަފުންގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށްފައި ވާއިރު، ބާކީ 5,125,130 ރުފިޔާ ވަނީ ނަގުދު ފައިސާގެ ގޮތުގައި ޙަވާލުކޮށްފައެވެ.

‎ރިޕޯޓުގައި ވާގޮތުގައި ޕެޓީކޭޝް ފައިސާ ރީއެމްބަރސް ކުރުމަށް ހުށަހަޅާ ރިޕޯޓުގައި ހިމެނޭ ޚަރަދުތަކަކީ ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ޚަރަދެއްކަން ކަށަވަރު ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނުވެއެވެ. މިކަމުގެ ސަބަބުން، ޕެޓީ ކޭޝްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއިން ކުރާ ޚަރަދުތަކަކީ ކުންފުނީގެ ބޭނުމަށް ކުރާ ޚަރަދުތަކެއްކަން ކަށަވަރު ނުކުރެވުމުގެ އިތުރުން، ކުންފުނީގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ޕެޓީ ކޭޝް ފައިސާ ޚަރަދުކުރުމުގެ ފުރުޞަތު އޮތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފަި ވެއެވެ. އެހެން ގޮތަކުން (ތަންކޮޅެއް ތިލަކޮށް) ބުނާނަމަ، މިއީ “ވައްކަން ކުރުމުގެ ނިޔަތުގައި” ފެނަކައިން އޭރު ކޮށްފައިވާ ކަމެކޭ ބުނެވޭނެ ހެއްކާއި ޤަރީނާ ހުރިކަން މިއޮތީ ފެންނާށެވެ.

ކުޑަކުޑަ މިސާލެކެވެ. ‎އިންޖީނުގެއާއި، އޮފީސް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަނުން މިދެންނެވި މުއްދަތުގައި 61,575,423 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ ކޮން ބޭނުމަކު ނުވަތަ ކޮން ޕްރޮޖެކްޓްތަކަށް ކުރި ޚަރަދެއްކަމެއް ވެސް ނޭނގެއެވެ. އެކަމުގެ ހަމަ އެއްވެސް ރެކޯޑެއް ނެތެވެ.

މިއީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ބެލެހެއްޓުމުގައި ޢަމަލު ކުރަންވީ އުޞޫލެއް ނޫނެވެ. މަދު ޢަދަދެއް ނޫނެވެ. ބުރުއްސައިލީ 88.6 މިލިއަން ރުފިޔާއެވެ. ފެނަކައިން މި ޖަރީމާ ނުހިންގި ނަމަ، މި ފައިސާ އަކީ ޢާންމު މަޝްރޫޢުތަކަށް އިންވެސްޓް އިންވެސްޓް ކޮށްގެން ތަރައްޤީ ހޯދިދާނެ ފައިސާއެވެ. އެ ދުވަސްވަރުގެ ޢިމާރާތްކުރުމުގެ ޚަރަދަށް ބަލާއިރު، މި 88.6 މިލިއަން ރުފިޔާއިން ގާތްގަނޑަކަށް 8 ނުވަތަ ނުވަޕްރައިމަރީ ސްކޫލް ޢިމާރާތް ކޮށްލެވޭނެއެވެ. ނުވަތަ ފެންވަރު ރަނގަޅު ބޮޑު ސެކަންޑަރީ ސްކޫލްތަކެއް ރާއްޖޭގެ 5 ސަރަޙައްދެއްގައި ބިނާކޮށްލެވިދާނެއެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތަޢުލީމީ ފުރުޞަތު ވަރަށް ބޮޑަށް ފުޅާވެގެން ދިޔައީހެވެ. ނުވަތަ ހަމަ އެ ފައިސާއިން ރާއްޖޭގެ މަދުވެގެން 11 އާއި 14 އާއި ދެމެދުގެ ޢަދަދަކަށް ރަށްރަށުގައި ޞިއްޙީ މަރުކަޒުތައް ޤާއިމް ކުރެވުނީހެވެ. ނުވަތަ ދެތިން ސަރަޙައްދީ ހޮސްޕިޓަލް ޤާއިމްކޮށް، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ވަރަށް ބޮޑަށް ހަރުދަނާ ކުރެވިދާނެއެވެ.

ހިސާބެއް ކިތާބެއް ހާމަނުކޮށް ފެނަކައިން “ވާނުވާ ނޭނގޭ ގޮތަށް” ހިންގި މި ދެންނެވި ޢަމަލުގެ ސަބަބުން ގެއްލިގެން މި ދިޔައީ ގާތްގަނޑަކަށް 7 ނުވަތަ އަށްރަށެއްގެ ބަނދަރު ހެދިދާނެ ފައިސާއެވެ. ނުވަތަ ޒުވާނުންނާއި ގުޅުން ހުރި 20 އާއި 25 އާއި ދެމެދުގެ ޢަދަދަކަށް ޖިމް ނުވަތަ އިންޑޯ ސްޕޯޓްސް ހޯލް ހެދިދާނެ ފައިސާއެވެ.

ސޯޝަލްމީޑިއާގައި އެނބުރޭ ވާހަކަތަކަށް ބަލާއިރު ފެނަކައިން ވަނީ ނުއަގުގައި ޖެންސެޓްތައް ވެސް އެމްޑީޕީގެ ވެރިކަމުގައި ގެނެސްފައެވެ. މި ފައިސާތަކަކީ ޙަޤީޤަތުގައި 250 ކޭވީގެ ގާތްގަނޑަކަށް 342 ޖަނެރޭޓަރުގެ މުޅި ސެޓް ގަނެވޭނެ ފައިސާއެވެ. މި ފައިސާތައް ދައުލަތަށް ގެއްލުވައިލި ބަޔަކާއި ޤާނޫނު އަރައި ހަމަކުރަން ޖެހޭނެ ކަމަށް ރައްޔިތުން ދެކެއެވެ.

ފެނަކައިގްތިސޯދުކޮރަޕްޝަންކުށްކުރުންފެނަކަ ޚިޔާނާތް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

2 ދުވަސް ކުރިން - 20:30

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމަނީ

7 ދުވަސް ކުރިން - 22:18

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެރަށްރަށަށް ބާލައިފި

9 ދުވަސް ކުރިން - 21:56

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

29 ދުވަސް ކުރިން - 12:44

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

ފެނަކައިގެ އެމްޑީއަކަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

39 ދުވަސް ކުރިން - 15:09

ކަރަންޓު ބިލުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް ފެނަކައިން އެދެފި

ބިލުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް އެދެފި

40 ދުވަސް ކުރިން - 17:59