ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާ ނަމަ އަހަރެއްތެރޭ ގެ އަޅައިދޭނަން: ރައީސް

އައިޝަތު ޝިފްނާ ހުސައިން | 8 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 23:17
ރައީސް ރަތްމަންދޫއަށް ވަޑައިގެންނެވި ވަގުތު.---ފޮޓޯ: ރައީސް އޮފީސް
ރައީސް ރަތްމަންދޫއަށް ވަޑައިގެންނެވި ވަގުތު.---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަތްމަންދޫގެ %80 މީހުން އެ ރަށުން ބަދަލުވާން ބޭނުންނަމަ، އަހަރެއްގެތެރޭ އެ ރަށެއްގައި އެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ.

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުން ނަމަ، އެއް އަހަރުދުވަހުގެ ތެރޭގައި އެ ރަށެއްގައި ގެދޮރު އަޅައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

މ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ މަނިކުފާނު އެ އަތޮޅު ރަތްމަންދޫއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ރަށުން ފޭބުމާއިމެދު ތަފާތު ޝަކުވާތައް އެ މަނިކުފާނާއި ހިއްސާ ކުރައްވާފައެވެ.

އެ ރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ، އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރާނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

"އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ހަރަދު ކުޑަ، ފައިދާކުރަނިވި އަދި ހަރުދަނާ ސިޔާސަތެއް. އެކަމަކު އެއީ އެކަމަށް ރައްޔިތުން ބޭނުންވުމާއި ބަދަލުވާން ގަސްދުކުރާ ރަށެއްގެ ރައްޔިތުން އެކަމަށް ބޭނުން ވުމާއި އަދިވެސް އެހެނިހެން ގިނަ ކަންކަން ގުޅިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށަކުން މީހުން ފޭބުމާއި ނޫނީ ތިބުމާއި މެދު ގޮތް ކަނޑައަޅާނީ، އެ ރަށެއްގެ އާބާދީގެ %80 މީހުން ނިންމާ ގޮތެއްގެ މައްޗަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ އަސާސީ ހިދުމަތްތަކާއި ތައުލީމީ އަދި ސިއްހީ ގޮތުން ކުރިއަރާފައިވާ ތަނެއްގައި ރައްޔިތުން ދިރިއުޅުމުގެ ފުރުސަތު ދިނުމަށް ކަމަށާއި އެކަމަކު ބަދަލުވާނެ ރަށެއް ހިޔާރު ކުރާނީ ރައްޔިތުން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%