Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕޫޓިން ޗައިނާއަށް: މަޝްވަރާގެ އެންމެ ކުރީގައި ޔުކްރޭނު ހަނގުރާމަ

ޕޫޓިން ޗައިނާއަށް: މަޝްވަރާގެ އެންމެ ކުރީގައި ޔުކްރޭނު ހަނގުރާމަ

ޢަބްދުﷲ ޖުނައިދު
284 ދުވަސް ކުރިން - 30 އޯގަސްޓް 2025 16:03
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިން ސަލާމް ކުރައްވަނީ / ފޮޓޯ: ރޮއިޓާސް
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިން ސަލާމް ކުރައްވަނީ / ފޮޓޯ: ރޮއިޓާސް
ޚުލާސާ

އެސްސީއޯ ސަމިޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ވިއްސަށް ވުރެ ގިނަ ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ.

ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ޗައިނާއަށް ވަޑައިގެންފި އެވެ. މާދަމާ (31 އޮގަސްޓް)އިން ސެޕްޓެމްބަރު 3 އަށް ކުރިއަށްދާ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ޕޫޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކޮށް ދެ ޤައުމުގެ މަޝްވަރާތަކުގައި ބައިވެރިވާއިރު އެޖެންޑަގެ އެންމެ ކުރީގައޮި އޮންނާނީ ޔުކްރޭނު މައްސަލަ ކަމަށް ރަޝިއާގެ ނޫސް އެޖެންސީން ބުނެފިއެވެ.

ޓިއަންޖިންގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ޕޫޓިން ބައިވެރިވެވަޑައިގަންނަވާއިރު، ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރު ފުރުމުގެ މުނާސަބަތުގައި ބެއިޖިންގައި ބާއްވާ ބޮޑު އަސްކަރީ ޕެރޭޑުގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement 1

ޝީ ޖިންޕިން އާއި ވްލަޑިމީރް ޕޫޓިން މެއި މަހު މޮސްކޯގައި (ރަޝިޔާގެ ވިކްޓަރީ ޑޭގެ އަސްކަރީ ޕެރޭޑްގައި) / ޕޫޓިންގެ ޗައިނާ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޔުކްރޭނު މައްސަލަ. ފޮޓޯ: ރޮއިޓާސް

ޕޫޓިންގެ މި ދަތުރުފުޅަކީ ޔޫކްރޭންގައި ހިންގާ އަސްކަރީ ކެމްޕޭނާއި ގުޅިގެން ހުޅަނގުގެ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެކެވެ. ޕޫޓިން ގެންދަވަނީ އޭޝިއާގެ ޤައުމުތަކާއި ގުޅުން ވަރުގަދަ ކުރަމުންނެވެ.

ސަރަޙައްދީ ސަލާމަތާއި މެދުތެރޭ އޭޝިއާގައި ހަމަޖެހުން ދެމެހެއްޓުމުގެ އިތުރުން ވިޔަފާރިއާއި އަދި ޓެރަރިޒަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރާއިރު މި ސަމިޓުގައި ރާއްޖެ ހިމެނޭހެން ވިއްސަށް ވުރެ ގިނަ ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ޓިއަންޖިންގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވާކަން ކަށަވަރުވެފައިވާ ޤައުމުތަކުގެ ލިސްޓް:

ބޮޑެތި ލީޑަރުން:

ޗައިނާ – ރައީސް ޝީ ޖިންޕިން

ރަޝިއާ – ރައީސް ވްލަޑިމިއާ ޕޫޓިން

އިންޑިއާ – ބޮޑުވަޒީރު ނަރެންދުރަ މޯދީ

ޕާކިސްތާން – ބޮޑުވަޒީރު އަންވަރުލްހަކް ކަކަރު

އީރާން – ރައީސް މަސޫދު ޕެޒެޝްކިއަން

ދިވެހިރާއްޖެ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ނޭޕާލް – ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ

މެލޭޝިޔާ – ބޮޑުވަޒީރު އަންވަރު އިބްރާހިމް

ސެންޓްރަލް އޭޝިއާގެ އެސްސީއޯގެ މެމްބަރުން:

ކަޒަކިސްތާން – ރައީސް

ކިރްގިސްތާން – ރައީސް

ތަޖިކިސްތާން – ރައީސް

އުޒްބެކިސްތާން – ރައީސް

އެސްސީއޯގެ އެހެން މެމްބަރުން / އޮބްޒާވަރުން / ޑައިލޮގް ޕާޓްނަރުން:

ބެލަރޫސް – ރައީސް

ތުރުކިޔޭ – ރައީސް

މިޞްރު – ރައީސް

އިންޑޮނޭޝިއާ – ރައީސް

ވިއެޓްނާމް – ރައީސް

މިޔަންމާ – ރައީސް

ކިއުބާ – ރައީސް

ސާބިއާ – ރައީސް

ސްލޮވާކިއާ – ރައީސް

ޗައިނާރަޝިއާވްލަޑިމީރު ޕޫޓިންރަޝިއާ - ޔުކްރޭން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

13 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

13 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

18 ދުވަސް ކުރިން - 23:16

ޗައިނާގައި ބާރުގަދަ ގޭސް ގޮވުމެއް ހިނގައި 90 މީހުން މަރުވެއްޖެ

ޗައިނާގެ ގޭސް ގޮވުމެއް ހިނގައި 90 މަރު!

18 ދުވަސް ކުރިން - 13:09

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

21 ދުވަސް ކުރިން - 10:29