ހިތަދޫގައި މިއުޒިއަމް އެއް ގާއިމްކުރަނީ

އައިޝަތު ޝިފްނާ ހުސައިން | 72 ދުވަސް ކުރިން - 7 އޯގަސްޓް 2025 10:45
އައްޑޫ ހިތަދޫ.--- ފޮޓޯ:އެކްސްޕީޑިއާ
އައްޑޫ ހިތަދޫ.--- ފޮޓޯ:އެކްސްޕީޑިއާ
ޚުލާސާ

މި ދާރުލްއާސާރު ބިނާ ކުރަން ނިންމައިފައި ވަނީ ކުރިގެ "ފިޓް އެރޯ" ރެސްޓޯރަންޓް ގޯޅިގަނޑު ތެރޭގައި ހުންނަ އައްޑޫގެ ކުރީގެ މާލިއްޔާ ހިންގި އިމާރާތުގަ.

އައްޑޫ ސިޓީ ހިތަދޫގައި ދާރުލްއާސާރެއް ގާއިމް ކުރަން ނިންމައިފައިވާކަަމަށް އައްޑޫ ސިޓީ ކައުންސިލުން ގެޒެޓުގައި އިއުލާންކޮށްފި އެވެ.

މި ދާރުލްއާސާރު ބިނާ ކުރަން ނިންމައިފައި ވަނީ ކުރިގެ "ފިޓް އެރޯ" ރެސްޓޯރަންޓް ގޯޅިގަނޑު ތެރޭގައި ހުންނަ އައްޑޫގެ ކުރީގެ މާލިއްޔާ ހިންގި އިމާރާތުގަ އެވެ.

އެގޮތުން އެތަނުގައި ދާރުލްއާސާރު ހެދުމަށްތަކައި އެ އިމާރާތް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ ބީލަމަށް ހުޅުވާލައިފައި އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހު 26 އާ ހަމައަށެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 13 އާ ހަމައަށެވެ.

ހިތަދޫ ގައި ދާރުލްއާސާރެއް ގާއިމްކުރާއިރު، މާލޭގެ ދާރުލްއާސާރު ދުވަސް ތަކަކަށް ބަންދުކުރެވުމަށް ފަހު 2023 ވަނަ އަހަރު ވަނީ އިތުރު މަރާމާތުތަކަށް ފަހު ހުޅުވާލައިފައި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%