Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތަކަށް އިނާމު ދިނުމާ ގުޅޭގޮތުން ދިރާސާ ކުރަން ފަށައިފި

ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތަކަށް އިނާމު ދިނުމާ ގުޅޭގޮތުން ދިރާސާ ކުރަން ފަށައިފި

އަައިޝަތު ޒީނާ
300 ދުވަސް ކުރިން - 3 އޯގަސްޓް 2025 20:13
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމާ ގުޅޭ ދިރާސާ ކުރަން ރައީސް ނިންމަވާފައިވަނީ މިދިޔަ ޖޫން މަހު.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތަކަށް އިނާމު ދިނުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ދިރާސާ ކުރަން ފަށައިފި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމާ ގުޅޭ ދިރާސާ ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ ޖޫން މަހު އެވެ.

މި ދިރާސާ ކުރަން ފަށާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ.

އެޗްޕީއޭއިން ބުނީ މި ދިރާސާގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުން ކަމަށެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި، ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަގަނޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޮންލައިން ފޯމެއް މެދުވެރިކޮށް ކުރިއަށްގެންދާ މި ދިރާސާގައި ފޯމު ފުރިހަމަ ކުރާ އެއްވެސް ފަރާތެއްގެ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި މި މައުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައާއި އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައު އަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށްފަހު އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ކަމާ ބެހޭ ވަޒީރުންނަށް އަންގަވާފައިވާކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި، 21 އަހަރު ނުފުރޭ މީހުންނަށްވެސް ދުންފަތް ވިއްކުން މަނާކުރުމާއި، 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާކުރުމުގެ އިތުރުން ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުން ހިމެނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެޗްޕީއޭދުންފަތް
Ad
Ad

ގުޅޭ ޚަބަރުތައް

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

2 ގަޑިއިރު ކުރިން - 15:02

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަނީ

2 ގަޑިއިރު ކުރިން - 14:47

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

2 ގަޑިއިރު ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

16 ގަޑިއިރު ކުރިން - 00:50

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

16 ގަޑިއިރު ކުރިން - 00:39

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

18 ގަޑިއިރު ކުރިން - 22:50

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%