އައްޑޫ ސިޓީ ހިތަދޫގެ ކުރީގެ ކުޑަ ކަތީބު އަލީ މުފީދު (އަލިބޭބެ) 91، މިއަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައި ވަނީ އާލާސްކަންފުޅާ ވަރަށް ގިނަ ދުވަހު އުޅުއްވުމަށް ފަހުގަ އެވެ.
އަލިބޭބެއަކީ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ ކުރީގެ ސްކޫލްތަކަށް އިސްލާމް ކިޔަވާ ދިނުމަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ޓީޗަރުކަމުގައި އާއި ހިތަދޫގެ ކުޑަ ކަތީބުކަމުގައި ވިއްސަކަށް އަހަރު ދުވަސް ވަންދެން އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވައިފަ އެވެ.
މީގެއިތުރުން އަލިބޭބެއަކީ ދިވެހި ބޭސްވެރިކަން ވެސް ކުރަމުން އައި ބޭފުޅެކެވެ. އޭނާ ބަލިވުމާ ހަމައަށް ވެސް އެ މަސައްކަތް ދިޔައީ ކުރައްވަމުންނެވެ. އަދި އޭނާ ގެންދެވީ އެހެން މީހުންނަށް ބޭސްވެރިކަމުގެ މުހިންމު ވާހަކަތައް ހިއްސާ ކުރައްވަމުންނެވެ. އޭނާގެ މި ހިދުމަތްތައް ހިތަދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެ އެވެ.