Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއިން 83 ދުވަސް ތެރޭގައި ދުނިޔޭގެ ދެ ރެކޯޑް ހެދިކަން އެނގޭތަ؟

ރާއްޖެއިން 83 ދުވަސް ތެރޭގައި ދުނިޔޭގެ ދެ ރެކޯޑް ހެދިކަން އެނގޭތަ؟

ޢަބްދުﷲ ޖުނައިދު
343 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 18:56
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް އެމްއޭސީއެލް އިން ބޭއްވި ގިނީސް ވޯލްޑް ރެކޯޑް އިވެންޓް. މިއީ މި ސަރުކާރުން ހެދި ދުނިޔޭގެ ދެވަނަ ރެކޯޑް.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް އެމްއޭސީއެލް އިން ބޭއްވި ގިނީސް ވޯލްޑް ރެކޯޑް އިވެންޓް. މިއީ މި ސަރުކާރުން ހެދި ދުނިޔޭގެ ދެވަނަ ރެކޯޑް.
ޚުލާސާ

ރާއްޖެއިން އިޓަލީގެ ރެކޯޑް މުގުރައިލިތާ މިއަދަށް މިވީ ބަރާބަރު 6 އަހަރު. މި ވެރިކަމުގައި 83 ދުވަސް ތެރޭގައި ދުނިޔޭގެ ދެ ރެކޯޑް ޤާއިމްކުރި.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ އެއް ހޯދުމަކީ ފަޚުރެކެވެ. އެކި މީހުން ނުވަތަ އެކި ޤައުމުތަކުން ރެކޯޑް ފޮތުން ޖާގަ ހޯދުމަށް އެކި މަސައްކަތްތައް ކުރެއެވެ. ރާއްޖެއިން ވެސް ވަނީ ތަފާތު ރެކޯޑުތައް ހަދާފައެވެ. ޚާއްޞަކޮށް މި ވެރިކަމުގައި، 83 ދުވަހުގެ ތެރޭގައި ދުނިޔޭގެ ދެ ރެކޯޑެއް ހެދިއެވެ.

މި ސަރުކާރުން ފުރަތަމަ ހެދި ރިކޯޑަކީ ބައިނަލްއަޤްވާމީ ނޫސްވެރިންގެ ދުވަހާއި ދިމާކޮށް މި އަހަރުގެ މެއި 3–4 ގައި ހެދި ރިކޯޑެވެ. ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ކުރިއަށް ގެންދެވި އެ ބައްދަލުވުމުގައި ގާތްގަނޑަކަށް 14 ގަޑިއިރާއި 54 މިނެޓް ވަންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވިއެވެ. އެއީ އެ ދުވަހު (މެއި 3) ގެ ހެނދުނު 10:00 އިން ފެށިގެންނެވެ. ދުނިޔޭގެ ރައީސުންގެ ތެރެއިން ކުރިން އެ ރެކޯޑް އޮތީ ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ އަތްޕުޅުގައެވެ، އެއީ ގާތްގަނޑަކަށް 14 ގަޑިއިރަށް ވާހަކަފުޅު ދައްކަވައިގެންނެވެ.

Advertisement

Advertisement 1

އޭގެ ސީދާ 83 ދުވަސް ފަހުން، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ޖުލައި 26، 2025 ގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯވ އާއި ހަވާ އެރުވުމުގެ އިވެންޓު ވެސް ވަނީ ގިނީސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯވ އާއި ހަވާ އެރުވުމުގެ އިވެންޓަށް ގިނީސް ވޯލްޑް ރިކޯޑް ސެޓްފިކެޓް ލިބިގެން އެމްއޭސީއެލް ބޯޑުގެ ޗެއާމަން ނޫރައިން ޖަނާޙް އެ ސެޓްފިކެޓާއި ޙަވާލުވަނީ: މިއީ 83 ދުވަސްތެރޭ ރާއްޖެއިން ހެދި ދުނިޔޭގެ ދެވަނަ ރެކޯޑް. / ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ބޮޑު އިވެންޓެއް ބޭއްވިއިރު، މި އެއާޕޯޓަކީ މި ސަރަޙައްދުގައިވާ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓު ތަކުގެ ތެރެއިން އެއާޕޯޓެކެވެ. ގާތްގަނޑަކަށް 72،000 މީޓަރުގެ މި ޓާމިނަލްގައި 47 ޗެކް-އިން ކައުންޓަރު، 12 ބޯޑިން ބްރިޖު އަދި ހަ ސެލްފް ސާވިސް ކިއޮސްކް ހިމެނޭއިރު، އަހަރަކު 7 އާއި 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

ވީއައިއޭގެ ޓާމިނަލް ހުޅުވި އިވެންޓް ދުނިޔޭގެ ރެކޯޑް ފޮތަށް އެރިއިރު، މި އިވެންޓުގައި މާލެ އާއި ހުޅުމާލެ ސަރަޙައްދުގެ ތަފާތު 19 ތަނަކުން އެއްފަހަރާ ހަވާ އެރުވިއެވެ.

ދުނިޔޭގެ ރެކޯޑް ފޮތަށް އެންމެ ފުރަތަމަ ރާއްޖެ އެރީ 2019 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެއީ ބަރޮސް އައިލެންޑްގެ ރިސޯޓު ސަރަޙައްދުގައި ބޭއްވި “ނޭވާ” އިވެންޓެވެ. މި އިވެންޓަކީ އެންމެ ގިނަ މީހުން އެއްފަހަރާ ފްރީޑައިވިންގ ކުރި އިވެންޓެވެ. މި ދެންނެވި އިވެންޓުގައި 521 ޑައިވަރުން ބައިވެރިވެ، އިޓަލީގެ ރެކޯޑް މުގުރައިލިތާ މިއަދަށް މިވީ ބަރާބަރު 6 އަހަރެވެ. މި މުއްދަތުގައި ރާއްޖެއިން ހޯދި މިބާވަތުގެ އެންމެ ބޮޑު ކާމިޔާބަކީ 83 ދުވަސްތެރޭ ދުނިޔޭގެ ދެރެކޯޑް މުގުރައިލުމެވެ.

ދުނިޔޭގެ ރެކޯޑްރެކޯޑްރައީސް ޑރ. މުހައްމަދު މުއިއްޒުނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05