Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ އެހީގައި އިމާރާތް ކުރި 3،300 ހައުސިން ޔުނިޓް ނިންމައިފި

އިންޑިއާގެ އެހީގައި އިމާރާތް ކުރި 3،300 ހައުސިން ޔުނިޓް ނިންމައިފި

އަައިޝަތު ޒީނާ
402 ދުވަސް ކުރިން - 25 ޖުލައި 2025 22:06
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރުން. / ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޖުމްލަ 32 ޓަވަރެއްގައި ތަރައްގީކުރަމުން އަންނަނީ ދެ ކޮޓަރީގެ 1،200 ހައުސިން ޔުނިޓާއި، ތިން ކޮޓަރީގެ 2،800 ހައުސިން ޔުނިޓް.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3،300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މި ހައުސިން ޔުނިޓްތައް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާއިން މި ހައުސިން ޔުނިޓްތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި ހައުސިން ޔުނިޓްތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

Advertisement

Advertisement 1

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު ނުވަތަ 3.5 ބިލިޔަން ރުފިޔާގެ ލޯނުގެ އެހީގެ ދަށުންނެވެ. އޭގެ ތެރޭގައި ކޭޕީއައިއެލްއިން ހަދާ 16 ޓަވަރާއި އެންބީސީސީން ހަދާ 16 ޓަވަރު ހިމެނެއެވެ.

މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި މީގެ ކުރިން ވަނީ ހަވާލުކޮށްފައެވެ. އެ ޔުނިޓުތައް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ޖުމްލަ 32 ޓަވަރެއްގައި ތަރައްގީކުރަމުން އަންނަނީ ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި، ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ޔުނިޓުތަކުގައި 650 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ.

މި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކާއެކު މިހާރުވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީހީ ދަތުރުފުޅެކެވެ.

އިންޑިއާބޯހިޔާވަހިކަންރައީސް ޑރ. މުހައްމަދު މުއިއްޒުނަރެންދްރަ މޯދީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

16 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

16 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

17 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

18 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

18 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

18 ގަޑިއިރު ކުރިން - 16:42