އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ސްޓޭމްޕެއް ނެރެފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުhaއްމަދު މުއިއްޒުއާ ދެބޭފުޅުން ސްޓޭމްޕާއެކު ނެންގެވި ފޮޓޯއެއް މޯދީގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާ ކުރައްވާފަ އެވެ.
އެ ފޮޓޯ ހިއްސާކުރައްވާ މޯދީ ވިދާޅުވީ ދެ ގައުމުގެ ގުޅުންތައް ދަނީ ދުވަސްވީ ވަރަކަށް ބަދަހިވަމުން އަދި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ކުރަމުން ކަމަށެވެ.
މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީހީ ދަތުރުފުޅެކެވެ.









