އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި މާލެ ސަރަހައްދުގެ 19 ތަނެއްގައި ހަވާ އަރުވަނީ

އަައިޝަތު ޒީނާ | 16 ގަޑިއިރު ކުރިން - 25 ޖުލައި 2025 19:44
ހަވާ އަރުވާނީ މާދަމާ ރޭ 20:30 ހާއިރު، ހަ މިނެޓަށް. / ފޮޓޯ: ޚުލާސާ
ހަވާ އަރުވާނީ މާދަމާ ރޭ 20:30 ހާއިރު، ހަ މިނެޓަށް. / ފޮޓޯ: ޚުލާސާ
ޚުލާސާ

އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެ ބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވަން ވަނީ ހަމަޖެހިފައި.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި މާލެ ސަރަހައްދުގެ 19 ތަނެއްގައި ހަވާ އަރުވަން ނިންމައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެ ބަނދަރު ކައިރިން 3 ސަރަހައްދެއްގައި މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ހަވާ އަރުވާނީ މާދަމާ ރޭ 20:30 ހާއިރު، ހަ މިނެޓަށް ކަމަށެވެ.

އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.

އާ ޓާމިނަލްގެ މަސައްކަތުގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރައެވެ. އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%