ރޭ ދަންވަރު ކުޅުނު މި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް މިވަނީ 4 ޕޮއިންޓް ލިބިފަ. އެހެން ކަމުން ގްރޫޕް ރޭންކް ކަނޑައެޅޭނީ ފަހ މެޗަށްފަހު.
117 ދުވަސް ކުރިން - 10:20
މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި. ދެން ގޯލުތައް ޖަހާފައިވަނީ މެންޑެސް، ލިއާއޯ އަދި އުޒްބެކިސްތާނު ކުޅުންތެރިއެއް ބައި ކޮޅަށް ޖެހި ގޯލެއް. މި ނަތީޖާއާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައި.
118 ދުވަސް ކުރިން - 00:02
މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއިން ޕޯޗުގަލް ކުރީގައި އޮވެގެން. މި މެޗުގަި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފަ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ 2006، 2010، 2014، 2018، 2022، 2026 ގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް.
118 ދުވަސް ކުރިން - 23:05
ގުގުރުމާއެކު ބޯކޮށް ވާރޭވެހި ދެ ގަޑިއިރަށް މެޗު މެދުކަނޑާލަން ޖެހުނު މި މެޗުގައި، އެމްބާޕޭ ވަނީ ވޯލްޑް ކަޕް ތާރީހުގައި 16 ލަނޑު ހަމަކޮށްފަ. ފްރާންސްގެ ތިންވަނަ ލަނޑު ޖެހީ ޑެމްބެލޭ. މި މެޗުން ބަލިވި އިރާގަށް ދެން ޖެހޭނީ ސެނެގާލް އަތުން މޮޅުވާން.
118 ދުވަސް ކުރިން - 08:59
އެމެރިކާގެ ޓެކްސަސްގައި ކުޅުނު މި މެޗުގެ ގޯލުތައް ފެނިގެންދިޔައީ 38 އަދި 5+90 ވަނަ މިނެޓުގަ. މެސީގެ ދެ ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ.
119 ދުވަސް ކުރިން - 00:03
ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓަށް ބަލާއިރު، މެސީ 17 ލަނޑާއެކު އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ 16 ލަނޑު ޖަހާފައިވާ ކްލޯސާއެވެ. ބްރެޒިލްގެ ރޮނާލްޑޯ 15 ލަނޑާއެކު ތިންވަނައިގައި އޮތްއިރު، ފްރާންސްގެ ކީލިއަން އެމްބާޕޭ ވަނީ 14 ލަނޑު ހަމަކޮށްފަ.
119 ދުވަސް ކުރިން - 22:50
މިހާރު ހަމަޖެހިފައިވާ އުސޫލުގެ ދަށުން، އީރާނު ޓީމަށް މެޗު ކުޅޭ ސިޓީތަކަށް ދެވޭނީ މެޗު ފެށުމުގެ އެންމެ 24 ގަޑިއިރު ކުރިން. މެޗު ނިމުމާއެކު ވަގުތުން އެމެރިކާ ދޫކޮށް، މެކްސިކޯގެ ޓިޖުއާނާގައި ހުންނަ އެ ޓީމުގެ ބޭސް ކޭމްޕަށް އެނބުރި ދާންޖެހޭ.
120 ދުވަސް ކުރިން - 09:46
މިއީ 2014 ވަނަ އަހަރު ތަށި ހޯދި ފަހުން ޖަރުމަނު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރު. މި މެޗުގައި ޖަރުމަން މޮޅުވީ ފަހަތުން އަރައި. މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނައިގައި ޖަރުމަނު އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކު.
120 ދުވަސް ކުރިން - 08:40
ކުޅުނު ދެ މެޗުން ނެދަލެންޑްސްއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސްވިޑަންއަށް ލިބިފައިވަނީ 3 ޕޮއިންޓު. މި މެޗުގައި ނެދަރލެންޑްސްއަށް ގޯލުތައް ޖެހީ ބްރޮބީ، ގަކްޕޯ އަދި ކްރައިސެންސިއޯ ސަމަރވިލް. ސްވިޑަންގެ ހަމައެކަނި ގޯލު ޖެހީ އެންތަނީ އެލަންގާ.
120 ދުވަސް ކުރިން - 08:35
މެޗުގެ ހަމައެކަނި ގޯލު 64 ވަނަ ސިކުންތުގައި ކާމިޔާބުކުރީ މަޓިއަސް ގަލާޒާ. ތުރުކީ ބަލިވި ނަމަވެސް ގޯލަށް 32 ހަމަލާ ފޮނުވާލާފައިވޭ. މި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން. މި ގްރޫޕުގައި ހިމެނޭ އެމެރިކާ ވަނީ ދެ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގަ ކަށްވަރުކޮށްފައި.
121 ދުވަސް ކުރިން - 16:17
މި މެޗު ބްރެޒިލް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއީން. ގޯލުތައް ޖެހީ ކުންހާ އަދި ވިނީޝިއަސް. މި މޮޅާއެކު އެއްވަނައިގައި އޮތީ ބްރެޒިލް. ހެއިޓީ މިވަނީ ގާތްގަނޑަކަށް މުބާރާތުން ކަޓާފައި.
121 ދުވަސް ކުރިން - 07:32
މެޗުގެ ހަމައެކަނި ގޯލު 2 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބާރީ. މި މޮޅާއެކު މޮރޮކޯއަށް މި ވަނީ ޖުމްލަ 4 ޕޮއިންޓު ލިބިފައި. ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތް.
121 ދުވަސް ކުރިން - 05:07