Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެސީގެ ދެ ލަނޑާއެކު އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާއިން ވޯލްޑް ކަޕްގެ ގަދަ 32 އަށް ދަތުރުކޮށްފި

މެސީގެ ދެ ލަނޑާއެކު އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާއިން ވޯލްޑް ކަޕްގެ ގަދަ 32 އަށް ދަތުރުކޮށްފި

ހުސައިން އިސްމާއިލް
69 ދުވަސް ކުރިން - 23 ޖޫން 2026 00:03
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮދި ލިއޮނެލް މެސީ---
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮދި ލިއޮނެލް މެސީ---
ޚުލާސާ

އެމެރިކާގެ ޓެކްސަސްގައި ކުޅުނު މި މެޗުގެ ގޯލުތައް ފެނިގެންދިޔައީ 38 އަދި 5+90 ވަނަ މިނެޓުގަ. މެސީގެ ދެ ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފަ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް 'ޖޭ' ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި އޮސްޓްރިއާ 2-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

އެމެރިކާގެ އާލިންގޓަންގައި ހުންނަ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އޮސްޓްރިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުނެވެ. މެޗުގެ ގޯލުތައް ފެނިގެންދިޔައީ 38 އަދި 5+90 ވަނަ މިނެޓުގައެވެ.

މި މޮޅާއެކު އާޖެންޓީނާއަށް ވަނީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ލިބިފައެވެ. ފުރަތަމަ މެޗުގައި އަލްޖީރިއާ އަތުން 3-0 އިން މޮޅުވި އާޖެންޓީނާ މިހާރު ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 32 އަށް ދަތުރުކޮށްފައެވެ. އޮސްޓްރިއާއަށް ދެ މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ.

Advertisement

Advertisement 1

މި މެޗުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ އަށެވެ. މިއީ އޭނާގެ ރެކޯޑް 6 ވަނަ ވޯލްޑް ކަޕެވެ. އޮސްޓްރިއާގެ މިޑްފީލްޑަރުން މެސީ ހިފެހެއްޓުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާ ހުއްޓުވޭ ގޮތް އޮސްޓްރީއަށް ވަނީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 18 އަށް އަރާފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ގައި އާޖެންޓީނާ ނުކުންނާނީ އުރުދުންއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު އޮސްޓްރިއާ ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ. އޮސްޓްރިއާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް އެ މެޗުން މޮޅުވުން މުހިންމެވެ.

ލިއޮނެލް މެސީއޮސްޓްރިއާފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

9 ދުވަސް ކުރިން - 22:08

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

22 ދުވަސް ކުރިން - 10:11

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

31 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

42 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

42 ދުވަސް ކުރިން - 03:01