ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯކަމަށާއި ނަމަވެސް މުސްލިމުންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވި.
675 ދުވަސް ކުރިން - 13:12
ޢުމަރުގެފާނަކީ ދުނިޔޭގައި ހުއްޓާ ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ރުޅިއައިސް ޒުވާބުކުރިޔަސް ޢުމަރުގެފާނު ދުވަހަކުވެސް ރައްދެއް ނުދެއްވައެވެ. ކަނުލައި ހިމޭންކަމާއެކު އަޑުއަހަނީއެވެ. އެކަނބަލުންގެ މައްޗަށްވާ ޙައްޤުތަކުގެ ސަބަބުންނެވެ.
675 ދުވަސް ކުރިން - 09:17
ޤިޔާމަތްދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި. ނަމާދު ރަނގަޅުވެއްޖެނަމަ އެމީހަކު ކާމިޔާބުވާނެކަމަށާއި، ނަމާދު ފާސިދުވެއްޖެނަމަ ނާކާމިޔާބުވާނެކަމަށް ޚުޠުބާގައި ފާހަގަކުރި.
682 ދުވަސް ކުރިން - 12:53
ފިތުނަވެރިކަމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ސުލްޙަވެރިކަން ނެތިކޮށްލައި، މީސްތަކުންގެ މެދުގައި ފިތުނަފަސާދައާއި ޚިޔާލު ތަފާތުވުންތައް އުފެދޭ ނުރައްކާތެރި ވަބާއެއް. އިސްލާމްދީނުގައި މިފަދަ ޢަމަލުތައް ވަނީ ހަރުކަށި ޢިބާރާތުން މަނާކުރައްވާފައި.
682 ދުވަސް ކުރިން - 11:49
ހެޔޮލަފާ މީހުންނާއެކު އުޅުމުގެ މުހިންމުކަމާއި، ޙަޤީޤީ ހަޒާނާގެ މާނައާއި، މީހުންނަށް ތައުބާވުމަށް ފުރުޞަތު ދިނުމުގެ މުހިންމުކަމާއި، އިސްލާމްދީނުގެ މަތިވެރިކަމާއި، އަޅުކަމުގެ ބާރުގަދަކަމާއި، އަދި އިސްލާމީ ދަޢުވަތުގެ ރީތި ނަމޫނާ މި ވާހަކައިން އަހަރެމެންނަށް ހާމަކޮށްދޭ.
689 ދުވަސް ކުރިން - 14:34
ނަމާދަކީ އިސްލާމްދީނުގައި ވަރަށް މުހިންމު މަޤާމެއް ދެވިފައިވާ އަޅުކަމެއް. މިއީ ކޮންމެ މުސްލިމަކުވެސް އޭގެ މުހިންމުކަން ދެނެގަނެ، ފުރިހަމައަށް އަދާކުރަން މަސައްކަތްކުރަންޖެހޭ އަޅުކަމެއް. ނަމާދު ރަނގަޅަށް އަދާކުރުމަކީ އަހަރެމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމުގެ މަގު.
689 ދުވަސް ކުރިން - 13:14
މިއަދުގެ ފިތުނަވެރި ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމަށާއި، ޙައްޤު މަގުގައި ސާބިތުވެ ތިބުމަށާއި މުސްލިމުންނަކީ ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ޚުޠުބާގައި ގޮވާލި.
689 ދުވަސް ކުރިން - 13:10
އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވަމުން ޚުތުބާގައި ބުނީ، އެއީ ފަންސާސް ހާސް އަހަރާއި އެއްވަރުގެ ދިގު ދުވަހެއް ކަމަށް. އެ ދުވަހު އިރު ހުންނާނީ މީސްތަކުންނާއި މޭލަކަށް ކައިރިކުރެވިފައި ކަމަށް ޚުޠުބާގައި ފާހަގަކުރި.
696 ދުވަސް ކުރިން - 12:57
ކީރިތި ޤުރުއާނުގެ ސޫރަތުލް ފަލަޤުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ."
696 ދުވަސް ކުރިން - 12:55
ފިރިމީހާ ހިލޭއަންހެނަކާއި ގުޅުން ބާއްވާ ޙާލަތުގައި އަނބިމީހާ ޢަމަލުކުރަންވާނީ ޙިކުމަތްތެރިކަމާއި ކެތްތެރިކަމާ އެކުގަ. މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައި ފިރިމީހާއަށް ނަޞޭޙްތަދީ ހެޔޮގޮތުގަ ވެގުތު ހޭދަކުރާނީ. ވަރިވުމަށް އެދޭނީ އެނޫން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައި.
696 ދުވަސް ކުރިން - 12:48
ނިދުމުގެ ކުރިން ސޫރަތުލް މުލްކު، އާޔަތުލް ކުރުސި އަދި އިޚްލާޞް، ފަލަޤް އަދި ނާސި ސޫރަތް ތިން ފަހަރު ކިޔަވައި އަތަށް ފުމެއްލުމަށްފަހު މުޅި ހަށިގަނޑުގައި އަތްހިންގާލާ. އެރުން ޝައިޠާނާގެ ވައި ވެސް ނޭޅޭނެ.
699 ދުވަސް ކުރިން - 06:25
އިޙްސާންތެރިކަމަކީ މުއުމިނެއްގެ ޙަޔާތުގައި އެންމެ މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް. އަދި އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ގިނަގުނަ ދަރުމައާއި ސަވާބު ލިބިގެންދާނެ ކަމަށް ޚުތުބާގައި ބުނެފައިވޭ.
703 ދުވަސް ކުރިން - 13:10