އިސްލާމްދީނުގައި ނިދުމަކީ މަރުވުމަކަށް ވާއިރު، އެ މަރުވުމުގެ ކުރިން ކުރަން ޖެހޭ ކަންކަން އަހަރެމެންގެ ރަސޫލާ މުޙައްމަދު (ޞޢވ) އަންގަވާފައިވެއެވެ.
މީގެ ތެރެއިން ފުރަތަމަ ނިދާން އޮށޯވުމުގެ ކުރިން އެންމެންގެ މައްޗަށް ހިތް ސާފުކުރާށެވެ. އެއަށް ފަހު ނަމާދަށް ވުޟޫ ކުރާ ފަދައިން ރީތިކޮށް ވުޟޫ ކުރާށެވެ.
ނިދުމުގެ ކުރިން ކަށްވަޅުގެ ޢަޛާބުން ސަލާމަތް ވުމަށްޓަކައި ކިޔަން ވާރިދުވެފައިވާ، ސޫރަތުލް މުލްކު ކިޔަވާށެވެ. އެއަށް ފަހުގައި ކުރުސި އަދި ތިރީ ތިން ސޫރަތް ކިޔަވާށެވެ. އިޚްލާޞް ސޫރަތް، ސޫރަތުލް ފަލަޤް އަދި ނާސި ސޫރަތް ތިން ފަހަރު ކިޔަވާށެވެ. ދެން އަތަށް ފުމެއްލުމަށްފަހު މުޅި ހަށިގަނޑުގައި އަތްހިންގާލާށެވެ.
Advertisement

އެ ކަން ކަން ކުރުމުން ނިދުމަށް ފަހު އެ އިންސާނަކާއި ޝައިތާނާ ވައި ވެސް ނޭޅޭނެ ކަމަށް ޞައްޚަ ޢިލްމުން މަޢުލޫމަތު ލިބެއެވެ.







