
ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން މި މަޝްރޫއު ނިންމަން ދިން ތާރީހުތަކަށް މަސައްކަތް ނުނިމުނު ނަމަވެސް، މިހާރު އިންޑިއާގެ އެހީގައި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްދާ ކަމަށް. މާލެ އާއި ވިލިމާލެ ގާތްގަނޑަކަށް ގުޅާލެވިފައިވާއިރު، ތިލަފުށްޓާ ހަމައަށް ބްރިޖް ނިންމުމަށް ސަރުކާރުން ދަނީ ބޮޑު ސަމާލުކަމެއް ދެމުން.
22 ދުވަސް ކުރިން - 15:37
ރައީސް ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް، ޕްލޭނެއްގެ ދަށުން މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް. މިގޮތުން 2026 ގައި ބައެއް މަސައްކަތް ނިމޭއިރު، 2027 ވެގެންދާނީ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ކަމަށް ރައީސް ވިދާޅުވި.
22 ދުވަސް ކުރިން - 15:08
ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫއުގައި ފެން ހިންދާ ނިޒާމާއި ފަޔަރު ހައިޑްރަންޓް ގާއިމުކުރާނެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފޭސް ނިމި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށާއި، ތޮއްޖެހުން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް ބާރުބޮޑުވުން ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި.
50 ދުވަސް ކުރިން - 16:01