Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށެއްގައި ވެސް ޒަމާނީ ކުނިކޮށި އަޅަނީ

ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށެއްގައި ވެސް ޒަމާނީ ކުނިކޮށި އަޅަނީ

ހުސައިން އިސްމާއިލް
91 ދުވަސް ކުރިން - 6 ޖޫން 2026 11:01
ރައީސް ޑރ. މުއިއްޒު އަދި ސްޕޯކްސްޕާސަން މުހައްދު ޝަރީފު ޕޮޑްކާސްޓުގައި. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އަދި ސްޕޯކްސްޕާސަން މުހައްދު ޝަރީފު ޕޮޑްކާސްޓުގައި. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ޤާއިމު ކުރުމާއި، ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި

ކުރިޔަށް އޮތް ދެއަހަރުތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާއަކަށް ޚާއްސަކޮށްގެން، "ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ 144 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ވަނީ ގާއިމް ކޮށްފައެވެ. އޭގެތެރެއިން ގިނަ ތަންތަން ހުރީ ޒަމާނާއި އެކަށީގެން ނުވާ ގޮތަށެވެ. އެހެންކަމުން އިތުރު ހިދުމަތްތައް ފުޅާކުރުމަށް ކުނި މެނޭޖްކުރުމުގެ އިތުރު 88 މަޝްރޫއު ކުރިއަށްދާ އިރު، “މަގޭ ސާފު ރާއްޖެ” ޕްރޮގްރާމްގެ ދަށުން 109 ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްފައި ވެއެވެ.

ސަރުކާރުގެ އަމާޒަކީ ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ހުރިހާ ރަށެއްގައި ޤާއިމްކޮށް ތިމާވެށި ތަޣައްޔަރުވުން ކުޑަކޮށް، ދުނިޔެއަށް ނަމޫނާ ދެއްކުމެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތަރައްޤީ އާއި ތިމާވެށި ގުޅިލާމެހިގެން ދާނެ ގޮތަކަށް ކަމަށާއި، މީގެ ސަބަބުން ތިމާވެށި ޙިމާޔަތް ކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާނެ ޤައުމަކަށް ރާއްޖެ ވާނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒަކީ ތިމާވެށީގެ މައްސަލައިގައި މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދަޔަށް ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރެވެ. ކޮޕްސަމިޓުގައްޔާއި އދ.ގެ ޚާއްޞަ ބައްދަލުވުންތަކުގައި އެމަނިކުފާނު ވަނީ ތިމާވެށީގެ މައްސަލަތަކުގައި ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

“ދަ ޕްލަސް” ގައި ރައީސް ވިދާޅުވީ ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރައްވާނީ ވަށާޖެހޭ ގޮތަށް ކަމަށާއި މިހާތަނަށް އެކަން އެގޮތަށް ނުވެ އޮތީ ކުރިން އަޅާފައިވާ ބިންގާ ގޯސްވުމުންނެވެ.

”ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ އަޅުގަނޑު ދައްކަނީ، މިސަރުކާރުން ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭނެ ގޮތަށް ވަށާޖެހޭ ގޮތަކަށް. މީގެ ކުރީގައި އެސަމާލުކަން އެގޮތަށް ދެވިފައި ނެތީ. ހަމައެކަނި ތަރައްޤީގެ މަސައްކަތްތަކަށް ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް، މީގެންވެސް އެއްބައި ކުރިއަށް ގެންދެވެނީ. ވަށާޖެހޭ ގޮތަކަށް އެކަންތައްތައް ކުރިއަށް ގެންދެވިފައެއް ނުއެއް ނެތީމަ އެކަން އެއޮތީ ނުވެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުކުނި ކޮށި"ދަ ޕަލްސް" ޕޮޑްކާސްޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

4 ދުވަސް ކުރިން - 16:10