ފިތުނަވެރިކަމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ސުލްޙަވެރިކަން ނެތިކޮށްލައި، މީސްތަކުންގެ މެދުގައި ފިތުނަފަސާދައާއި ޚިޔާލު ތަފާތުވުންތައް އުފެދޭ ނުރައްކާތެރި ވަބާއެއް. އިސްލާމްދީނުގައި މިފަދަ ޢަމަލުތައް ވަނީ ހަރުކަށި ޢިބާރާތުން މަނާކުރައްވާފައި.
633 ދުވަސް ކުރިން - 11:49
ހެޔޮލަފާ މީހުންނާއެކު އުޅުމުގެ މުހިންމުކަމާއި، ޙަޤީޤީ ހަޒާނާގެ މާނައާއި، މީހުންނަށް ތައުބާވުމަށް ފުރުޞަތު ދިނުމުގެ މުހިންމުކަމާއި، އިސްލާމްދީނުގެ މަތިވެރިކަމާއި، އަޅުކަމުގެ ބާރުގަދަކަމާއި، އަދި އިސްލާމީ ދަޢުވަތުގެ ރީތި ނަމޫނާ މި ވާހަކައިން އަހަރެމެންނަށް ހާމަކޮށްދޭ.
640 ދުވަސް ކުރިން - 14:34
ނަމާދަކީ އިސްލާމްދީނުގައި ވަރަށް މުހިންމު މަޤާމެއް ދެވިފައިވާ އަޅުކަމެއް. މިއީ ކޮންމެ މުސްލިމަކުވެސް އޭގެ މުހިންމުކަން ދެނެގަނެ، ފުރިހަމައަށް އަދާކުރަން މަސައްކަތްކުރަންޖެހޭ އަޅުކަމެއް. ނަމާދު ރަނގަޅަށް އަދާކުރުމަކީ އަހަރެމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމުގެ މަގު.
640 ދުވަސް ކުރިން - 13:14
ކީރިތި ޤުރުއާނުގެ ސޫރަތުލް ފަލަޤުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ."
647 ދުވަސް ކުރިން - 12:55
ފިރިމީހާ ހިލޭއަންހެނަކާއި ގުޅުން ބާއްވާ ޙާލަތުގައި އަނބިމީހާ ޢަމަލުކުރަންވާނީ ޙިކުމަތްތެރިކަމާއި ކެތްތެރިކަމާ އެކުގަ. މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައި ފިރިމީހާއަށް ނަޞޭޙްތަދީ ހެޔޮގޮތުގަ ވެގުތު ހޭދަކުރާނީ. ވަރިވުމަށް އެދޭނީ އެނޫން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައި.
647 ދުވަސް ކުރިން - 12:48
ނިދުމުގެ ކުރިން ސޫރަތުލް މުލްކު، އާޔަތުލް ކުރުސި އަދި އިޚްލާޞް، ފަލަޤް އަދި ނާސި ސޫރަތް ތިން ފަހަރު ކިޔަވައި އަތަށް ފުމެއްލުމަށްފަހު މުޅި ހަށިގަނޑުގައި އަތްހިންގާލާ. އެރުން ޝައިޠާނާގެ ވައި ވެސް ނޭޅޭނެ.
650 ދުވަސް ކުރިން - 06:25
އަފްލާހަކީ އުުމުރުން 18 އަހަރުގެ އިމާމެއް. އޭނާ ވަނީ މާލޭ ސިޓީގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ނަމާދުވެސް ކޮށްފަ.
652 ދުވަސް ކުރިން - 10:13
މި ވާހަކައިން އަހަރެމެންނަށް އެނގެނީ ދުނިޔަވީ ތަނަވަސްކަމަކީ އިމްތިޙާނެއްކަމާއި، އަހަރެމެން އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވެ، އެކަލާނގެއަށް ބިރުވެތިވާންޖެހޭކަން.
654 ދުވަސް ކުރިން - 12:50
މި ވާހަކައިން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އިބުރަތަކީ ﷲއަށް އުރެދުމުގެ ނުބައިކަމާއި، އެކަމުގެ ނަތީޖާ ވިސްނައި، އަވަހަށް ތައުބާވެ، ހެޔޮ މަގަށް އެނބުރި، އަޅުކަމުގައި ދެމިހުރުމުގެ މުހިންމުކަން.
661 ދުވަސް ކުރިން - 14:34
އަޅުގަނޑުމެންގެ ހަށިގަނޑާއި، މުދަލާއި، އަދި ޢާއިލާއަށްވެސް އަޅާލަންވާނެ. އެހެނަސް، އެންމެ އިސްކަމެއް ދޭންވާނީ އަޅުގަނޑުމެންގެ ރޫޙަށް އެއީ އާޚިރަތުގައި އަޅުގަނޑުމެންނާއެކު ދެމިހުންނާނީ އެ އެކަނި.
668 ދުވަސް ކުރިން - 13:56
އިސްލާމްދީނުގައި މުސްލިމުންގެ ޢިއްޒަތާއި ޤަދަރު ވަރަށް މަތިވެރި. އެހެން މީހުންގެ ބޮލުގައި ތުހުމަތު އެޅުވުމަކީ ވަރަށް ބޮޑު ފާފައެއްކަަން މި ހާދިސާއިން ދޭހަވޭ.
681 ދުވަސް ކުރިން - 02:47
މި ޢިބުރަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢިބުރަތަކީ، އަޅުގަނޑުމެން އެހެން މީހުންނާ މެދު ޢަމަލުކުރާ ގޮތަށް ﷲ އަޅުގަނޑުމެންނާ މެދު ޢަމަލުކުރައްވާނެކަން.
682 ދުވަސް ކުރިން - 14:57