އިންސާނުންނަކީ ދުނިޔެއަށް އުފަންވެ، ދިރިއުޅެ، މަރުވެގެންދާ ބައެކެވެ. މިދުނިޔޭގައި އުޅޭއިރު، އެމީހަކު ކުރި ޢަމަލުތަކަށް އާޚިރަތުގައި ޖަޒާ ލިބޭނެއެވެ. ހިތާމައަކި، ބައެއް މީހުން ދުނިޔޭގައި އުޅޭއިރު ހެޔޮ ޢަމަލުތަކެއް ނުކުރާކަމެވެ ނަމަވެސް މިފަދަ މީހުންނަށް ވެސް ﷲ ގެ ރަޙުމަތް ލިބިދާނެކަން އަޅުގަނޑުމެންނަށް އެނގެނީ ތިރީގައިވާ ޙަދީޘުންނެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ދުވަހަކުވެސް އެއްވެސް ހެޔޮ ޢަމަލެއް ނުކުރާ މީހެއްވިއެވެ. (އޭނާ ކުރާ ކަމަކީ) މީހުންނަށް ލޯނުދިނުމެވެ. ދެން އޭނާ އެ މަސައްކަތް ހަވާލުކޮށްފައިވާ މީހާކައިރީގައި ބުންޏެވެ. މީހުންނަށް ދޭން ފަސޭހަވީ ބައި ނަގާށެވެ. އުނދަގޫވީ ބައި ދޫކޮށްލާށެވެ. އަދި އެބައި މާފުކުރާށެވެ. ފަހަރެއްގައި ﷲ އަހަރެމެންގެ މައްޗަށްވެސް ދޫކޮށްލައްވަފާނެއެވެ."
މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގެނީ، އެ މީހާ ހެޔޮ ޢަމަލެއް ނުކުރި ނަމަވެސް، އޭނާ މީސްތަކުންނަށް ލޯނު ދީ، އަދި އެ ލޯނު އަނބުރާ ހޯދުމުގައި ލުއިފަސޭހަކޮށްދިން ކަމެވެ. މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވާފައިވާ ކަމެކެވެ.
Advertisement

ޙަދީޘްގައި ދެން ބަޔާންކުރައްވާފައިވަނީ އެ މީހާ މަރުވުމަށްފަހު ﷲ އާ ބައްދަލުވި ވާހަކައެވެ. ﷲ އޭނާއާ ސުވާލުކުރެއްވިއެވެ: "ތިބާ ދުވަހަކުވެސް ހެޔޮ ޢަމަލެއް ކުރީންހެއްޔެވެ؟" އޭނާ ޖަވާބުދިނެވެ: "ނޫނެކެވެ. އެކަމަކު އަހަރެންނަށް (މަސައްކަތްކޮށްދޭ) ފިރިހެން ކުއްޖެއްވިއެވެ. ދެން އަހަރެން މީހުންނަށް ލޯނުދީހަދަމެވެ. ދެން އެކަންކަން ނިންމަން (ފައިސަލާކުރަން) އަހަރެން އޭނާ ފޮނުވި ހިނދު ބުނީމެވެ. މީހުންނަށް ދޭން ފަސޭހަވީ ބައި ނަގާށެވެ. އަދި އުނދަގޫވީ ބައި ދޫކޮށްލާށެވެ އަދި މާފުކުރާށެވެ. ފަހަރެއްގައި ﷲ އަހަރެމެންގެ މައްޗަށް ދޫކޮށްލައްވަފާނެއެވެ."
މި ޖަވާބުން ފަހު، ﷲ ވަޙީކުރެއްވިއެވެ: "ތިބާގެ މައްޗަށް ދޫކޮށްލައްވައިފީމެވެ (ފާފަ ފުއްސަވައިފީމެވެ.)"
މި ޙަދީޘުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ޢިބުރަތްތަކެއް ލިބެއެވެ. އޭގެ ތެރޭގައި:
- ގަނެވިއްކުމާއި ލޯނު ދިނުމުގައި މީހުންނަށް މާފުކޮށްދިނުމުގެ މާތްކަމާއި އަދި އެކަމުގައި ހުރި ހެޔޮކަން.
- ﷲގެ ރަޙުމަތުގެ ތަނަވަސްކަން.
- ފަޤީރުންގެ ލޯނުތަކާއި ދަރަނި މާފުކޮށްދިނުމުގެ މާތްކަން.
- ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނާއި މުޢާމަލާތްކުރެއްވުމުގައި އޭނާ އެހެން މީހުންނާއި މުޢާމަލާތްކުރުމުގައި ކަންތައްތައް ކުރާ ގޮތަށް އޭނާއާ މެދު ޢަމަލުކުރައްވައެވެ.
- މީސްތަކުންނާއި ބައިވެރިވެ އެމީހުންގެ ތެރެއަށް ނުކުމެ މީހުންނަށް މަންފާކޮށްދީ ހެދުމުގެ ފައިދާއާއި އަދި އެކަމުގެ މާތްކަން.
- އެހެން މީހުން ތިމާގެ މުޢާމަލާތްތައް ކުރުމަށް ފޮނުވުން ހުއްދަކަން.
މި ޢިބުރަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢިބުރަތަކީ، އަޅުގަނޑުމެން އެހެން މީހުންނާ މެދު ޢަމަލުކުރާ ގޮތަށް ﷲ އަޅުގަނޑުމެންނާ މެދު ޢަމަލުކުރައްވާނެކަމެވެ. މި ޙަދީޘުގައިވާ މީހާ، އޭނާގެ ދަރަނިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ސަބަބުން، ﷲ އޭނާގެ ފާފަތައް ފުއްސަވައި، އޭނާއަށް ރަޙުމަތް ލެއްވިއެވެ.
މީގެ އިތުރުން، މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގެނީ ﷲ ގެ ރަޙުމަތުގެ ތަނަވަސްކަމެވެ. އެ މީހާ ދުނިޔޭގައި އުޅުނުއިރު ހެޔޮ ޢަމަލެއް ނުކުރި ނަމަވެސް، އޭނާ ކުރި އެންމެ ކަމަކުން ﷲ އޭނާގެ ފާފަތައް ފުއްސަވައި، ސުވަރުގެ ދެއްވިއެވެ. މިއީ އަޅުގަނޑުމެން އުންމީދު ކަނޑާނުލާ، އަބަދުވެސް ﷲ ގެ ރަޙުމަތަށް އެދެމުން ދާންވީ ސަބަބެކެވެ.
މި ޙަދީޘުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ޢިބުރަތަކީ، އަޅުގަނޑުމެން އެހެން މީހުންނަށް ހެޔޮކޮށް ހިތުމާއި، އެމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ މުހިންމުކަމެވެ.
ﷲ އަޅުގަނޑުމެންނަށް ވެސް ލުއިފަސޭހަކޮށްދެއްވައި، އަޅުގަނޑުމެންގެ ފާފަތައް ފުއްސަވައި، ސުވަރުގެ ދެއްވާތޯ ދުޢާކުރަމެވެ. އާމީން.







