އަހްމަދު އަފްލާހް ރަޝީދަކީ ދ.ކުޑަހުވަދޫއަށް އުފަން އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާ ކުޑަ އިރުއްސުރެ އުޅެ ބޮޑުވީ ވިލިމާލޭގައެވެ. އަމީނިއްޔާ ސުކޫލުން ޖީސީ އޯ ލެވެލް ނިންމައިފައިވަނީ 2023 ވަނަ އަހަރުއެވެ.
ތުއްތު އިރު އޭނާ ވަނީ ބަންގި ގޮވައި އިމާމުވެ ނަމާދުކުރުމަށް ޝައުގު އުފެދިފައެވެ. "އަސްލު ޝައުގު އުފެދުނީ މިހާރުގެ ސަލްމާން މިސްކިތުގެ އިމާމް އަބްދުލް އަޒީޒް އިބްރާހިމް ( އަޒީޒް ) އުސްތާޒު ޤުރުއާން ކުލާހަށް ވަދެވުނު ހިސާބުން, އޭނާ ބަންގި ގޮވުމުގެ ފުރުސަތު ދޭން ފެށީމަ، އެއީ އަސްލު ޝައުގުވެރިކަން އައި ހިސާބަކީ" އަފްލާހް ބުންޏެވެ.
އަފްލާހަށް ލިބުނު ފުރުޞަތެއްގައި 2016 ވަނަ އަހަރު ކިޔެވުމަށްޓަކައި ލަންކާ އަށް ބަދަލުވިއެވެ. އޭނާ އެ ތަނުގައި 4 އަހަރު ދުވަހު އުޅުނެވެ. އެ އުޅުމު ތެރޭގައި ވެސް ބޮޑު ޖަމާޢަތުގައި ހުކުރު ބަންގި ވެސް ގޮވައި ހަދާފައިވެއެވެ. މިހާރު އޭނާ އަކީ މަސްޖިދުލް އަލް ބިިރްރި ވިލިނގިލީ މިސްކިތުގެ މުއައްޒިނެކެވެ.
Advertisement

އަފްލާހް ވަނީ ޒުވާން ޚަޠީބުންގެ ފުރަތަމަ ރައުންޑުގައި ޚަޠީބަކަށްވެފަ.
ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި އެޑްވާންސްޑް ސެޓިފިކެޓް ފޯ އިމާމްޝިޕް ވެސް ހަދަމުންދާ އަފްލާހް ވަނީ ހުސްވި ރަމަޟާންމަހު ވިލިނގިލީ މިސްކިތުގައި ތަރާވީހް ވެސް ކޮށްފައެވެ. މީގެ އިތުރުން މާލެ ސިޓީގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.
"އަޅުގަނޑުގެ ޑްރީމް އަކީ ކިޔަވައިގެން ބޮޑު އިމާމަކަށްވުން" އޭނަ ބުނެފައިވެއެވެ.
އޭނާ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބުނެފައިވަނީ ވާނެ ކަމަށް ހިތަށް އަރުވައިގެން ގަދައަޅައި މަސައްކަތް ކޮށްފި ކަމެއް ވެއްޖިއްޔާ ވާނެކަމަށެވެ. އަދި މި ދާއިރާއަށް އިތުރު ކުދިން ނެރެން ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުންދީ، ދީނީ ކަންތަކަށް ސަމާލުވެ އިމާމް ކޯސް ގިނަ ޒުވާނުން ހެދުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރިއެވެ.







