
މި އިސްލާހުގައި ބުނެފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު މަޤާމުން ވަކިކުރެވޭނީ، ޤާނޫނީ ވަކީލުންގެ ތެރެއިން 100 އަށްވުރެއް މަދުނޫން އަދަދެއްގެ ވަކީލުން އެކަން ބާ ކައުންސިލަށް ލިޔުމުން ހުށަހެޅުމުން، އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންގެ ތިންބައިކުޅަދެބައި އަޣުލަބިއްޔަތުން ފާސްކުރުމުން
690 ދުވަސް ކުރިން - 15:47

ރައީސް ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއި ދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރުއަދާކުރައްވާ ކަމަށް.އަދި ދިވެހި ފުލުހުންގެ ޤައުމީ ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކޮށް، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް އެމަނިކުފާނު ވަނީ މުބާރަކްބާދު އަރިސްކުރައްވާފައި.
692 ދުވަސް ކުރިން - 14:16

ސިނަމާލެ ބްރިޖަށް 6 އަހަރު ފުރުމާ ގުޅިގެން ރައީސް މިއަދު ވިދާޅުވީ ސިނަމާލެ ބްރިޖަކީ އިންޖިނިއަރިންގ ދާއިރާއިންވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި، ރަށްތައް ގުޅާލުމުގެ އިތުރުން މިއީ ދެޤައުމުގެ ގާތް ގުޅުމާއި ރަޙުމަތްތެރިކަމުގެ ރަމްޒެއް ކަމަށް. އަދި މި ބިނާއަކީ އެއްބައިވަންތަކަމާއި ތަރައްޤީގައިވެސް ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި.
694 ދުވަސް ކުރިން - 11:41

މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް އޮންނަ މުއްދަތަށް ވަނީ ބަދަލު ގެންނަވައިފައި. މި ބިލަކީ، 2024 އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެއް.
694 ދުވަސް ކުރިން - 11:03

ޝައްމާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމައަށް ޤާނޫނުތައް ތަންފީޒް ކުރެވެނީ ރާއްޖޭގެ ޤާނޫނަކީ އެއް ހަމައަކުން އެންމެންވެސް ތަބާވާންޖެހޭ އެއްޗެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާތީއާއި، ޤާނޫނު ތަންފީޒު ކުރާ އެންމެހާ އިދާރާތަކަށް އެކަން ކުރުމަށް ފުރިހަމައަށް ބާރާއި އޮތޯރިޓީ ދެއްވާފައިވާތީ ކަމަށް.
695 ދުވަސް ކުރިން - 15:07

މަޓާޓޯއިން ބުނީ މާލީ ސިޔާސަތުތުތަކަށް އިސްލާހު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް. އަދި ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާޢީދުކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނި.
696 ދުވަސް ކުރިން - 10:47

އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަން އާއި، މަނީ ޗޭންޖަރސް ރެގިއުލޭޝަނުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް ބަދަލުކުރާނެ. އޭރުން ރިސޯޓުތަކަށް ލިބޭ ޑޮލަރުތައްވެސް ޖެހޭނީ ބޭންކަށް ގެނެސް ބޭންކުން މާރުކުރަން. ނަތީޖާއަކީ ބޭޏްކުގައި ޑޮލަރު ހުރުން
697 ދުވަސް ކުރިން - 05:31

ދިވެހި ޤައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ރައީސް ތަހުނިޔާ އަރިސްކުރައްވާފައިވަނީ ރޭ މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި. ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސަރފިންގ ކެޓަގަރީން ރާއްޖެ ވަނީ ޖާގަ ކަށަވަރުކޮށްފައި.
700 ދުވަސް ކުރިން - 18:13

ކުރިމަގުގެ ގޮންޖެހުންތަކަށް ތައްޔާރުވުމަށާއި ކަނޑުގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ނޭޝަނަލް ޑިފެންސް ފޯސް ހަރުދަނާކުރުމަށް އަމާޒުކޮށް، އައު މަޝްރޫޢުތަކާއި ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފުކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވައިފި.
20659 ދުވަސް ކުރިން - 05:00