Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިނަމާލެ ބްރިޖަކީ ރާއްޖެ-ޗައިނާގެ ގުޅުން ދައްކުވައިދޭ ރަމްޒެއް: ރައީސް

ސިނަމާލެ ބްރިޖަކީ ރާއްޖެ-ޗައިނާގެ ގުޅުން ދައްކުވައިދޭ ރަމްޒެއް: ރައީސް

އަައިޝަތު ޒީނާ
684 ދުވަސް ކުރިން - 30 އޯގަސްޓް 2024 11:41
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

ސިނަމާލެ ބްރިޖަށް 6 އަހަރު ފުރުމާ ގުޅިގެން ރައީސް މިއަދު ވިދާޅުވީ ސިނަމާލެ ބްރިޖަކީ އިންޖިނިއަރިންގ ދާއިރާއިންވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި، ރަށްތައް ގުޅާލުމުގެ އިތުރުން މިއީ ދެޤައުމުގެ ގާތް ގުޅުމާއި ރަޙުމަތްތެރިކަމުގެ ރަމްޒެއް ކަމަށް. އަދި މި ބިނާއަކީ އެއްބައިވަންތަކަމާއި ތަރައްޤީގައިވެސް ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި.

ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ނުވަތަ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބްރިޖަކީ ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއް ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ ސިނަމާލެ ބްރިޖު ތަރައްޤީކުރުމުގެ މަޝްރޫޢުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އޭރު އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާފައިވަނީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ.

Advertisement

Advertisement 1

ރައީސް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިނަމާލެ ބްރިޖަކީ އިންޖިނިއަރިންގ ދާއިރާއިންވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި، ރަށްތައް ގުޅާލުމުގެ އިތުރުން މިއީ ދެޤައުމުގެ ގާތް ގުޅުމާއި ރަޙުމަތްތެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި މި ބިނާއަކީ އެއްބައިވަންތަކަމާއި ތަރައްޤީގައިވެސް ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ދައްކުވައިދޭ ބިނާއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސިނަމާލެ ބްރިޖަށް 6 އަހަރު ފުރުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބުވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން މުއްޠަލިބް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ބްރިޖާއެކު ދިވެހިންގެ ދިރިއުޅުމަށްވެސް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިފަދަ ބްރިޖެއް އެޅިދާނެ ކަމުގެ ހެއްކެއް ކަމަށާއި މިއީ ޤައުމަށް އިތުރު ކުރިއެރުންތައް ގެނައުމަށް ކޮށިގެންދިޔަ މަގެއް ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖުގެ މަސައްކަތް ކަނޑައެޅި ތާރީޚަށްވުރެ އަވަހަށް ނިމިގެން ދިއުމަކީ އޭރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ ރައީސް މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕް ދައްކުވައިދޭ ކަމެއް ކަމަށްވެސް މުއްޠަލިބް ވިދާޅުވިއެވެ.

ޗައިނާގެ ސީސީސީސީ ކުންފުންޏާއި ޙަވާލުކޮށްގެން، ދިގުމިނުގައި 1.3 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުންނަ މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ، ބްރިޖު ރަސްމީކޮށް ހުޅުވީ 2018 އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސިނަމާލެ ބްރިޖުމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

13 ގަޑިއިރު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

2 ދުވަސް ކުރިން - 13:31