މިއަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ.
501 ދުވަސް ކުރިން - 11:57
ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި. މި ނިންމުމާ ގުޅިގެން، މިއަދު ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތައް ބަންދުވާނެ.
588 ދުވަސް ކުރިން - 05:23
ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ސަރުކާރުގެ މުއައްސަސާތައް ފެންހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ.
588 ދުވަސް ކުރިން - 23:03
ރޯދަ މަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައި.
590 ދުވަސް ކުރިން - 19:09
ހީނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ، ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ސަރުކާރު މުއައްސަސާތަކުން މަސައްކަތްކުރަން ފަށާފައިވާ ކަމަށް.
590 ދުވަސް ކުރިން - 17:42
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުން ހުށަހަޅަން ހުރި ބިލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި.
597 ދުވަސް ކުރިން - 20:42
"ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް. މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ.
600 ދުވަސް ކުރިން - 16:14
ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލެއް ތަޢާރަފުކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށާއި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވިދާޅުވެއްޖެ.
623 ދުވަސް ކުރިން - 15:45
ހީނާ ވިދާޅުވީ ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށާއި، އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާ ކަމަށް.
634 ދުވަސް ކުރިން - 13:26
ބިންވެރިޔާ ސްކީމްގައި 9،000 އަށްވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ކަނޑައަޅާފައިވާއިރު، ތަރުޖަމާނު ހީނާ ވިދާޅުވީ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަމަށާއި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށް.
661 ދުވަސް ކުރިން - 11:21
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިނުވާ ކަމަށް.
678 ދުވަސް ކުރިން - 20:49
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާއި ދެކޮޅަށް ކޯޓަށް ދިއުމާއި ގުޅިގެން، ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު މިއަދު އެ މަޤާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފި.
685 ދުވަސް ކުރިން - 18:09