Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
514 ދުވަސް ކުރިން - 20 ފެބްރުއަރީ 2025 20:42
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ބައްދަލުކުރެއްވުން: ދެބޭފުޅުން މިއަދު ބައްދަލުކުރައްވަ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ބައްދަލުކުރެއްވުން: ދެބޭފުޅުން މިއަދު ބައްދަލުކުރައްވަ
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުން ހުށަހަޅަން ހުރި ބިލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙްއާ އެކު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަން ހުރި ބިލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާ އާންމު މަޝްވަރާތަކެއްކަން ހީނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ބޭއްވުނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށި ތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މަޖިލިސް ހުޅުވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްދު ކުރައްވާ ގިނަ އަދަދެއްގެ މުހިންމު ބިލުތަކެއްގެ ވާހަކަ ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ ތެރޭގައި ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާޙުތަކުގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާޙު ކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް އަމާޒު ކޮށްގެން ބިމުގެ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ހުށަހެޅުމަށް ވެސް ވަނީ ރޭވިފައެވެ.

ކޮރަޕްޝަން ހުއްޓުވުމަށް އަމާޒުކޮށްގެން އެންޓި ކޮރަޕްޝަންގެ ޤާނޫނަށާއި ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް އިސްލާޙުތަކެއް ގެނައުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީއާއި ބެހޭ ބިލެއް ވެސް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

މި ބައްދަލުވުމަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބިލުތަކުގެ ތެރޭގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު، ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އަދި ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނާއި ބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދު ކުރުމުގެ ބިލު ހިމެނެއެވެ.

މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ބިލުތަކެއް ހުށަހެޅުމަށް ވެސް ވަނީ ރޭވިފައެވެ. މި ހުރިހާ ބިލުތަކަކީ ވެސް ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ދާއިރާތަކަށް ފާހަގަކުރެވޭ ބަދަލުތަކެއް ގެނެވިދާނެ މުހިންމު ބިލުތަކެކެވެ.

މިނިސްޓަރު ހީނާ ވަލީދުރައީސް ޑރ. މުހައްމަދު މުއިއްޒުމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲޕީޖީ ލީޑަރު ފަލާހުރައީސް އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

2 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

3 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

3 ދުވަސް ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

5 ދުވަސް ކުރިން - 11:20

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

5 ދުވަސް ކުރިން - 22:41

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

6 ދުވަސް ކުރިން - 10:54