Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ސިނގިރޭޓު މައްސަލައިގައި ކަސްޓަމްސްއިން ވަކިކުރި މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
349 ދުވަސް ކުރިން - 9 ނޮވެންބަރު 2025 14:20
ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މަހުމޫދު ރިޔާޒު---

ޚުލާސާ

ރައީސް މުއިއްޒު، މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކުރެއްވީ މައްސަލަ ބަލާ ކޮމިޓީން މައްސަލަ ތަހުގީގުކުރުމަށްފަހު އޭނާގެ ބައިވެރިވުމެއް އެކަމުގައި ނެތްކަމަށް ނިންމުމުން

ސިނގިރޭޓު މައްސަލައިގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި، ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި ނިންމެވުން ރައީސް ނިންމެވިކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހުގީގުކުރުމަށްފަހު، އެ މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ނިންމައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ.

Advertisement

Advertisement 1

އެހެން ކަމުން މަހުމޫދު ރިޔާޒުގެ ވަޒީފާ ރައީސް އަލުން އިއާދަކުރައްވާފައިވާ ކަމަށް ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މަހުމޫދު ރިޔާޒާއެކު، ކަސްޓަމްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރެއް ވަޒީފާއިން ވަކިކުރެއްވުމަށް ރައީސް ނިންމެވީ ނިމިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އެ ދެ މީހުންވެސް ވަޒީފާއިން ވަކިކުރެއްވުމަށް ރައީސް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާ ހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ރައީސްއަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށްފައި ކަމަށް ރައީސް ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.

ކަސްޓަމްސްރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރު ހީނާ ވަލީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 15:31

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

1 ދުވަސް ކުރިން - 20:51

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

2 ދުވަސް ކުރިން - 11:50

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

2 ދުވަސް ކުރިން - 10:30

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

2 ދުވަސް ކުރިން - 22:54

ދެއަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

3 ދުވަސް ކުރިން - 13:42