Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖަލްސާ ބާއްވާނެ ތަނެއް ނުދިނޭ ބުނެ އެމްޑީޕީން ދޮގުހެދިއިރު، ޖަލްސާ ބާއްވާނެ ދެތަން ސަރުކާރުން ވަނީ ދައްކައިދީފަ

ޖަލްސާ ބާއްވާނެ ތަނެއް ނުދިނޭ ބުނެ އެމްޑީޕީން ދޮގުހެދިއިރު، ޖަލްސާ ބާއްވާނެ ދެތަން ސަރުކާރުން ވަނީ ދައްކައިދީފަ

އައިޝަތު އީމާން
442 ދުވަސް ކުރިން - 19 ޖޫން 2025 23:10
އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް މީގެ ކުރިން ބޭއްވި ޖަލްސާއަކަށް ތައްޔާރުވުމަށް ގޮނޑި ޖަހާފައި.
އިބްރާހީމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް މީގެ ކުރިން ބޭއްވި ޖަލްސާއަކަށް ތައްޔާރުވުމަށް ގޮނޑި ޖަހާފައި.
ޚުލާސާ

ޖަލްސާ ބާއްވާނެ ތަނެއް ނުދިނޭ ބުނެ އެމްޑީޕީން ދޮގުހެދިއިރު، ޖަލްސާ ބާއްވާނެ ދެތަން ސަރުކާރުން ވަނީ ދައްކައިދީފަ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާއި ގުޅިގެން ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ޖަލްސާ ބާއްވާނެ ތަނެއް ނުދިނޭ ބުނެ އެމްޑީޕީން ދޮގުހެދިއިރު، ޖަލްސާ ބާއްވާނެ ދެތަން ސަރުކާރުން ވަނީ ދައްކައިދީފައެވެ.

މީގެ ކުރިން ދުރާލާ ހުއްދަ ނުނަގައި ޖަލްސާ ބޭއްވެނީ ކާނިވާ ސަރަޙައްދުގައި އެކަންޏެވެ. ނަމަވެސް މިސަރުކާރު އައިފަހުން މާލޭގެ ހުޅަނގު ދެކުނުގައިވެސް ސިޔާސީ ޙަރަކާތްތައް ނުވަތަ ޖަލްސާތައް ބޭއްވޭނެ ގޮތް ވަނީ ހަދައިދީފައެވެ.

މިކަން މިހެން އޮތްއިރުވެސް އެމްޑީޕީން ބުނީ ތިމަންނާމެނަށް ޖަލްސާ ބާއްވާނެ އިތުރު ތަނެއް ދީފައި ނުވާކަމަށެވެ. އެބުނާ އިތުރު ތަނަކީ ކޮބައިކަމެއް އެމްޑީޕީއަކުން ނުބުނެއެވެ.

Advertisement

Advertisement 1

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށާއި، ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ދެތަނެއް އެމްޑީޕީއަށް ވެސް ދައްކާފައިވާނެ ކަމަށެވެ.

އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުަަސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް ކަމަށް ހީނާ ވިދާޅުވިއެވެ.

އެމްޑިޕީން ބޭނުންވަނީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލައި މާލެތެރޭގައި ހަމަނުޖެހުން ހިންގުމަށެވެ. އަދި ރަށްރަށުން މީހުން އެއްކޮށްގެން ފުލުހުންނާއި ކުރިމަތިލައި ލޭއޮހޮރުވުމަށް އެމްޑިޕީން ރާވަމުންދާ ކަމުގެ އަޑުތައް ދަނީ އިވެމުންނެވެ.

އެމްޑީޕީމިނިސްޓަރު ހީނާ ވަލީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

7 ދުވަސް ކުރިން - 15:20

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

7 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

13 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

13 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

18 ދުވަސް ކުރިން - 10:56

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

19 ދުވަސް ކުރިން - 17:30