މެޓް އޮފީހުން ބުނީ މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30އާ ހަމައަށް އުތުރުގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް.
568 ދުވަސް ކުރިން - 14:50
މެޓް އިން ބުނެފައިވަނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް.
585 ދުވަސް ކުރިން - 10:17
މިރޭ އަދި މާދަމާ ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ ފަހުން ކަމަށް މެޓް އިން ބުނި.
586 ދުވަސް ކުރިން - 18:54
މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެރެފައި. އަދި މޫސުމަށް ސަމާލުވާން އެ އިދާރާއިން އިލްތިމާސްކުރޭ.
586 ދުވަސް ކުރިން - 10:35
މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ލ. ކައްދޫއަށް 159.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި.
586 ދުވަސް ކުރިން - 08:48
މޫސުން ގޯސްވުމާ ގުޅިގެން މެޓް އިން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެމުން.
587 ދުވަސް ކުރިން - 06:24
މިރޭ 00:30 އިން ފެށިގެން ފަތިހު 4:30 އަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ ގއ އަތޮޅުން ފެށިގެން ގދ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް.
587 ދުވަސް ކުރިން - 00:37
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުނި.
587 ދުވަސް ކުރިން - 23:03
މެޓް އިން ބުނީ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް.
592 ދުވަސް ކުރިން - 00:46
އެންމެ ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އިން ބުނި.
595 ދުވަސް ކުރިން - 11:36
މެޓް އިން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް.
600 ދުވަސް ކުރިން - 20:02
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެ ކަމަށް ލަފާކުރެވޭތީ މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވޭ.
615 ދުވަސް ކުރިން - 12:04