ގއ އަތޮޅުން ފެށިގެން ގދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އެ ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 00:30 އިން ފެށިގެން ފަތިހު 4:30 އަށެވެ.
އެ ސަމާލުގައި ބުނެފައިވަނީ ގއ އަތޮޅުން ފެށިގެން ގދ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭ 23:30 އިން ފަތިހު 5:30 އަށް ހުދު ސަމާލުވެސް ނެރެފައެވެ.
އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އިން ބުނީ އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް މެޓް އިން ބުންޏެވެ.









