ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެންމެ ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ މިއަދު 11:30 އިން ފެށިގެން 17:30 އަށް، ހއ. އަތޮޅާއި ޅ. އަތޮޅާ ދެމެދުގެ ރަށްތަަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެ ކަމަށް ލަފާކުރެވޭތީ މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.









