ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30އާ ހަމައަށް އުތުރުގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މި އެލާޓް ދަމަހައްޓާ ވަގުތުގައި އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެތީ އާންމުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.









