ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. ކައްދޫއަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ލ. ކައްދޫއަށް 159.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ގދ. ފަރެސްމާތޮޑާއަށް 87 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު ގއ. ގެމަނަފުއްޓަށް 86.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ފާއިތުވި 24 ގަޑިއިރު ވާރޭ ވެހުނު ވަރުގެ ތަފާސްހިސާބު. / ފޮޓޯ: މެޓް
މެޓް އޮފީހުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
މީގެ އިތުރުން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް އިން ވެސް ވަނީ ލ އަތޮޅުގެ ބައެއް ރަށްތަކުގައި ފެން ހިންދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.









