
އޭނާއާ އެންމެ ގާތުން ވާދަކުރި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީއަށް ޖެހިފައިވަނީ 8 ލަނޑެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު މިހާރު ވަނީ އޭނާއަށް ލިބިފައެވެ. ތިން ވޯލްޑް ކަޕެއްގައި ކުޅެ އެމްބާޕޭ ވަނީ ޖުމްލަ 22 ލަނޑު ޖަހާފަ.
30 ދުވަސް ކުރިން - 04:01
މި މެޗު ފްރާންސުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިން. މި މެޗުގައި ގޯލުތައް ޖެހީ އެމްބާޕޭ އަދި ޑެމްބަލޭ. މިއީ އެމްބާޕޭ ވޯލްޑް ކަޕުގައި ކާމިޔާބުކުރި 20 ވަނަ ގޯލު. މި މޮޅާއެކު ފްރާންސް ވެފައިވަނީ ޖެހިޖެހިގެން ސެމީ ފައިނަލަށް ދަތުރުކުރި ތިން ވަނަ ގައުމަށް.
40 ދުވަސް ކުރިން - 03:18
ފަރަންސޭސިވިލާތަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ. މި ލަނޑާއެކު މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 7 އަށް އަރާފަ. ކުއާޓާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހު ބޮސްޓަން ސްޓޭޑިއަމްގައި.
45 ދުވަސް ކުރިން - 08:23