އެމްބާޕޭއަށް އަނިޔާވެ މިރޭ ނުކުޅޭނެ

އުސްތާޛް މުޙައްމަދު ޢަލީ | 352 ދުވަސް ކުރިން - 14 ޑިސެންބަރު 2024 11:29
ޚުލާސާ

އެމްބާޕޭއަށް އަނިޔާވީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުގަ.

ރިއަލް މެޑްރިޑްގެ ތަރި ފްރާންސްގެ ކީލިއަން އެމްބާޕޭއަށް އަނިޔާވެ، ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ނުކުޅޭނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނީ އެމްބާޕޭގެ ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. 

ނަމަވެސް ޤަތަރުގައި އޮންނަ އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލް މެޗަށް އެމްބާޕޭ ރެއާލްއާއެކު ދަތުރުކުރާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. އެހެންނަމަވެސް އެ މެޗުގައި އެމްބާޕޭ ކުޅޭނެކަމުގެ ޔަގީންކަން އަންޗެލޮޓީ ދެއްވާފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭއަށް އަނިޔާވީ އަންގާރަ ދުވަހުއެވެ. އެރޭ 10 ވަނަ މިނެޓުގައި އެޓަލަންޓާގެ ގޯލު ހުޅުވީ އެމްބާޕޭއެވެ. އެ މެޗުން ރިއާލް މޮޅުވީ 3-2 ލަނޑުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%