Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

ހުސައިން އިސްމާއިލް
103 ދުވަސް ކުރިން - 8 މެއި 2026 11:10
ޕެޓިަޝަނުގައި 44،340،833 މީހުން މިހާތަނަށް ސޮއިކޮށްފި.
ޕެޓިަޝަނުގައި 44،340،833 މީހުން މިހާތަނަށް ސޮއިކޮށްފި.
ޚުލާސާ

މި ޕެޓިޝަނެއް ސަޕޯޓަރުން ފަށަން ޖެހުނު ސަބަބަކީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ސަލާމަތްވުމަށް ކްލަބުން ދިން ހުސްވަގުތުގައި ޗުއްްޓީ ހޭދަކުރަމުންދިޔުމުން.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ރެއަލް މެޑްރިޑަށް ކުޅެމުންދާ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އެ ކްލަބުން ބޭރުކުރުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރި މީހުންގެ އަދަދު 44 މިލިއަނަށް އަރައިފިއެވެ.

"އެމްބާޕޭ އައުޓް" ގެ ނަމުގައި ފެށި މި ޕެޓިޝަނުގެ އަމާޒަކީ ކުރިން 200,000 ސޮއި ހޯދުން ކަމަށްވީ ނަމަވެސް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި ޕެޓިޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ޕެޓިޝަން ހަދާފައިވާ ވެބްސައިޓުގައި ބުނެފައިވަނީ، ރެއަލް މެޑްރިޑަށް ބަދަލެއް ބޭނުންވާ ކަމަށް ގަބޫލުކުރާ ނަމަ ހިމޭނުން ނުތިބެ، ކްލަބުގެ މުސްތަގުބަލަށްޓަކައި މި ޕެޓިޝަނުގައި ސޮއިކުރުމަށެވެ. މި ވެބްސައިޓުގައި އެމްބާޕޭގެ ފޮޓޯއަކާއެކު "ފުއޭރާ" ނުވަތަ ބޭރުކުރޭ، މިހެން ލިޔެފައިވާ ނިއޯން ރަތް ބޯޑެއް ބޭނުންކޮށްފައިވެއެވެ.

ރެއަލް މެޑްރިޑްގެ ސަޕޯޓަރުން އެމްބާޕޭ ދެކެ ނުރުހުން ފާޅުކުރަން ފެށީ، އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ސަލާމަތްވުމަށް ކްލަބުން ދިން ހުސްވަގުތުތަކުގައި، އޭނާ އިޓަލީގެ ސާޑީނިއާގައި ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އަންނަ އާދިއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ "އެލް ކްލަސިކޯ" މެޗުގައި އޭނާއަށް ކުޅެވޭނެކަން ކްލަބުން އަދި ކަށަވަރުކޮށްދީފައި ނުވާއިރު، އަނިޔާގައި ހުރެ މަޝްހޫރު ބަތަލާ އެސްޓާ އެކްސްޕޮސިޓޯއާއެކު ޔޮޓެއްގައި ޗުއްޓީ ހޭދަކުރުމަކީ ކްލަބަށް އޮތް އިހުލާސްތެރިކަން ކުޑަވުން ކަމަށް ސަޕޯޓަރުން ދެކެއެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވުމުން ބަތަލާ އެސްޓާ ވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓުތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައެވެ.

މި ޕެޓިޝަނުގައި 33 މިލިއަން މީހުން ސޮއިކޮށްފައިވީ ނަމަވެސް، މިއީ ހުސް ރެއަލް މެޑްރިޑްގެ ސަޕޯޓަރުން ކަމެއް ކަށަވަރެއް ނޫނެވެ. ސަބަބަކީ އެ ވެބްސައިޓުގައި ސޮއިކުރާއިރު އީމެއިލް އެޑްރެހެއް ނުވަތަ އަމިއްލަ އެއްވެސް މައުލޫމާތެއް ދޭން ނުޖެހޭތީ، އެކަކަށް އެތައް ފަހަރަކު ސޮއިކުރުމުގެ ފުރުސަތު އޮތުމެވެ. މި އަދަދަކީ ފްރާންސްގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށްވާއިރު، މިއީ ގިނަ ގައުމުތަކުގެ އާބާދީއަށްވުރެ ވެސް ބޮޑު އަދަދެކެވެ.

މިކަމާ ގުޅިގެން ރެއަލް މެޑްރިޑްގެ ކޯޗު އަލްވާރޯ އަރްބެލޯއާ ސުވާލުކުރުމުން އޭނާ ބުނީ، އަނިޔާގައި ތިބޭ ކުޅުންތެރިންގެ ހުރިހާ ކަމެއް މެޑިކަލް ޓީމުން ބަލަމުންދާ ކަމަށެވެ. އަދި ކުޅުންތެރިންގެ ހުސްވަގުތުގައި އެމީހުން ބޭނުން ކަމެއް ކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ. އެމްބާޕޭ މިހާރު ވަނީ އަލުން ޕްރެކްޓިހަށް ނުކުމެފައެވެ.

އެމްބާޕޭ ރެއަލް މެޑްރިޑާއެކު ހަދާފައިވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. އެހެންކަމުން މި ޕެޓިޝަނަކީ ހަމައެކަނި ސަޕޯޓަރުންގެ ޝުއޫރު ފާޅުކުރުމަށް ކުރިއަށްގެންދާ ރަމްޒީ ކަމެކެވެ.

މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގައި ފްރާންސް ޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި ސެނެގާލާ ދެކޮޅަށް ނުކުންނާނީ ޖޫން 16 ގައެވެ.

އެމްބާޕޭރިއަލް މެޑްރިޑްފްރާންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

23 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

23 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

24 ދުވަސް ކުރިން - 14:55

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

30 ދުވަސް ކުރިން - 04:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

35 ދުވަސް ކުރިން - 01:58

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

39 ދުވަސް ކުރިން - 05:26