Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

އައިޝަތު އީމާން
63 ދުވަސް ކުރިން - 17 ޖޫން 2026 05:49
އެމްބާޕޭ މިހާރު ވަނީ ފްރާންސަށް ޖުމްލަ 55 ގޯލު ޖަހައިދީފައި---
އެމްބާޕޭ މިހާރު ވަނީ ފްރާންސަށް ޖުމްލަ 55 ގޯލު ޖަހައިދީފައި---
ޚުލާސާ

މި މެޗު ފްރާންސުން 3-1 އިން ކާމިޔާބުކުރިއިރު އެމްބާޕޭ ވަނީ ފްރާންސްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު މުގުރާލާފައި. އަދި ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ދެން އޭނާ ބޭނުންވަނީ އެންމެ ދެ ގޯލު.

ވޯލްޑް ކަޕްގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި، އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން ފްރާންސް ބަލިވާނެ ކަމަށް އުންމީދުކޮށްގެން ތިއްބާ، ކީލިއަން އެމްބާޕޭ ޖެހި ދެ ގޯލާއެކު ސެނެގާލް ބަލިކޮށް ފްރާންސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގްރޫޕް 'އައި' ގެ މި މެޗުން ފްރާންސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލްއިން ވަނީ ފްރާންސްގެ މައްޗަށް ބޮޑު ނުފޫޒެއް ފޯރުވާފައެވެ. ސެނެގާލްގެ ނިކޮލަސް ޖެކްސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އިސްމާއީލާ ސާރަށް ލިބުނު ރަނގަޅު ފުރުސަތެއް ވަނީ ބޭކާރުވެފައެވެ. މި ވަގުތުތަކުގައި ފްރާންސްގެ ވާދަވެރި އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން ތިބީ ފްރާންސް ބަލިވެދާނެ ކަމުގެ އުންމީދުގައެވެ.

Advertisement

Advertisement 1

ނަމަވެސް، ދެވަނަ ހާފުގައި ކޯޗު ދިދިއޭ ޑެޝޯމްޕް ޓީމަށް ގެނައި ބަދަލުތަކާއެކު ފްރާންސްގެ ކުޅުން ރަނގަޅުވިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ވަނީ ފްރާންސަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޑްލީ ބާކޯލާ ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެނެގާލްގެ އިބްރާހިމް އެމްބާޔޭ ލަނޑެއް ޖަހައި އުންމީދެއް ހޯދައިދިން ނަމަވެސް، މެޗުގެ 96 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ، ސަޕޯޓަރުން އުންމީދުކޮށްގެން ތިބި ނަތީޖާ ބަދަލުކޮށްލާފައެވެ.

މި ދެ ލަނޑާއެކު އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 58 ލަނޑު ހަމަކޮށްފައެވެ. މީގެ އިތުރުން ވޯލްޑް ކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރުމަށް އޭނާއަށް މިހާރު ބޭނުންވަނީ އެންމެ ދެ ލަނޑެވެ. މި މެޗަކީ ފްރާންސްގެ ކޯޗު ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭނެ ފަހު މުބާރާތެވެ.

ފްރާންސްސެނެގާލްއެމްބާޕޭއާޖެންޓީނާބްރެޒިލްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

6 ގަޑިއިރު ކުރިން - 10:25

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

19 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

30 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

30 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

30 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

31 ދުވަސް ކުރިން - 13:12