Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އައިޝަތު ރުވާ ރިފްޢަތު
109 ދުވަސް ކުރިން - 15 މެއި 2026 16:16
އާބެލޯއާއި އެމްބާޕޭ---
އާބެލޯއާއި އެމްބާޕޭ---
ޚުލާސާ

އާބެލޯއާ ވަނީ އެމްބާޕޭގެ ވާހަކަތައް ދޮގުކޮށްފަ. އާބެލޯއާ ބުނީ އެމްބާޕޭއަށް އޭނާ ބުނި އެއްޗެއް އޮޅުނީ ކަމަށް ވެދާނެ ކަމަށް.

ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އާބެލޯއާގެ އިރުޝާދުގެ ދަށުން އޭނާއަކީ ޓީމުގެ ހަތަރުވަނަ ފޯވާޑް ކަމަށް ކޯޗު ބުނެފައިވާ ކަމަށް އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ހާމަކޮށްފި އެވެ.

ބުރާސްފަތި ދުވަހު ރެއާލް މޮވިއޭޑޯއާ ދެކޮޅަށް ކުޅެ 2-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެމްބާޕޭ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަނިޔާއިން ސަލާމަތްވެ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގެ 69 ވަނަ މިނެޓުގައި އޭނާ ކުޅެން އެރުމުން، ސެންޓިއާގޯ ބާނަބިއު ދަނޑަށް އެއްވެ ތިބި މެޑްރިޑްގެ ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި ފާޑުކިޔާފަ އެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފްރާންސްގެ ކެޕްޓަން ބުނީ، އޭނާ ހުރީ ސަތޭކަ އިންސައްތަ ފިޓްކޮށް ކަމަށާއި، ނަމަވެސް ބެންޗުގައި ބޭންދީ އޭނާއަކީ ވިނީޝިއަސް ޖޫނިއާ، ފްރެންކޯ މަސްޓަންޓުއޮނޯ އަދި ގޮންޒާލޯ ގާސިއާގެ ފަހަތުން ހަތަރުވަނަ ފޯވާޑް ކަމަށް ކޯޗު ބުނުމުން ކަމަށެވެ.

Advertisement

Advertisement 1

"އެންމެ ފަހުން އަހަރެން މިވަނީ އެކަން ގަބޫލުކޮށްފައި. އަދި ލިބުނު ވަގުތުކޮޅުގެ ބޭނުން ހިފީ،" އެމްބާޕޭ ބުންޏެވެ. މި މެޗުގައި ޖޫޑް ބެލިންހަމް ޖެހި ލަނޑަށް އެހީތެރިވެދިނީ ވެސް އެމްބާޕޭ އެވެ.

ނަމަވެސް، ކޯޗު އާބެލޯއާ ވަނީ އެމްބާޕޭގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އާބެލޯއާ ބުނީ އެމްބާޕޭއަށް އޭނާ ބުނި އެއްޗެއް އޮޅުނީ ކަމަށް ވެދާނެ ކަމަށެވެ. "އަހަރެން ބުނީ މީގެ ހަތަރު ދުވަސް ކުރިން ބެންޗަށް ވެސް ނޭރޭ ކުޅުންތެރިއަކު މިއަދު ފުރަތަމަ އެގާރައިގައި ހިމަނަން ބޭނުން ނުވަނީއޭ. ސަބަބަކީ މިއީ މަރުގެ ހަނގުރާމައެއް ފަދަ މެޗަކަށް ނުވާތީ،" ކޯޗު ބުންޏެވެ. އަދި އަންނަ އާދީއްތަ ދުވަހުގެ މެޗުގައި އެމްބާޕޭ ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމުގެ ޔަގީންކަން ވެސް ކޯޗު ދިނެވެ.

ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އެމްބާޕޭއާ މެދު ނުރުހުން ފާޅުކުރަމުން ދަނީ އޭނާގެ ކްލަބަށް އޮތް ވަފާތެރިކަމާ މެދު ސުވާލު އުފެދޭތީ އެވެ. ހާއްސަކޮށް، އަނިޔާގައި ހުރި ދުވަސްވަރު ޗުއްޓީ ހޭދަކުރުމަށް ސާޑީނިއާއަށް ދިއުމާއި، ބާސެލޯނާ އަތުން ބަލިވި "އެލް ކްލަސިކޯ" މެޗުގައި ނުކުޅެވުމުން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

މި ސީޒަނަކީ ރެއާލް މެޑްރިޑަށް ވަރަށް އުނދަގޫ ސީޒަނެކެވެ. ޖެނުއަރީ މަހު ޒަބީ އެލޮންސޯގެ ބަދަލުގައި އާބެލޯއާ ކޯޗުކަމާ ހަވާލުވި ނަމަވެސް، ބާސެލޯނާ އިން ވަނީ މި އަހަރުގެ ލަލީގާ ކާމިޔާބުކޮށްފައެވެ. މިއާއެކު ޖެހިޖެހިގެން ދެވަނަ އަހަރު ރެއާލް މެޑްރިޑަށް ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވި ނިމިގެންދާއިރު، ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ.

އެމްބާޕޭރިއަލް މެޑްރިޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

2 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

6 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

37 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

37 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

37 ދުވަސް ކުރިން - 14:55

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

43 ދުވަސް ކުރިން - 04:01