
ދަނޑުވެރިކަން މުހިންމު ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށް ލޯނު ސަޕޯޓް ފުޅާކުރުމާއި، ގްރީންހައުސްތަކާއި، ވަރުގަދަ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެގްރިކަލްޗަރ މިނިސްޓްރީން ޢިއުލާނުކޮށްފި.
640 ދުވަސް ކުރިން - 13:12

މި ބިލުގައި ގޭގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރަން ލާޒިމުކުރުމުގެ އިތުރުން، ޖަނަވާރުގެ ވެރިފަރާތް ދެނެގަތުމަށް ވެސް ކަންކަން ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަ ކުރައްވި.
662 ދުވަސް ކުރިން - 16:08

މި ޝެލްޓަރ ހަދަމުންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓުގެ ބިމެއްގައި ކަމަށާއި އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ހާމަކުރެއްވި.
668 ދުވަސް ކުރިން - 17:48

ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް އެޅިގެންދާނެ. މިހާތަނަށް 12 ރަށެއްގައި ގްރީންހައުސްތައް ވަނީ ޤާއިމްކޮށްފައި. މި ޕްރޮގްރާމްގެ މަޤްޞަދަކީ ޒަމާނީ ގޮތަކަށް ދަނޑުވެރިކަން ކުރުމާއި، ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކުރުވުން،
674 ދުވަސް ކުރިން - 15:06

ގޭބިސީތަކުގައި ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ބޭސްފަރުވާ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެ. ރަމީލާ ވިދާޅުވީ ވެޓެރިނަރީ ޚިދުމަތް ފުޅާކުރުމާއި، ކްލިނިކްތައް ޤާއިމްކުރުމާއި، ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް.
676 ދުވަސް ކުރިން - 18:35

ދިވެހި ސަރުކާރުން 200 ހެކްޓަރުގެ ދަނޑުވެރިކަމުގެ ޒޯނެއް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާއިރު، ރާއްޖެއަށް އާންމުކޮށް އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގަިއ ލިބޭނެ ގޮތް ހެދުމަށް ގްރީންހައުސް ފާމިންގ އަށް ސަމާލުކަން ދޭނެ
676 ދުވަސް ކުރިން - 09:47

ދިވެހި ސަރުކާރުން 200 ހެކްޓަރުގެ އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯނެއް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށަނީ. އުތުރު ތިލަފަޅުގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތަރުކާރީއާއި މޭވާ ލިބި، އިމްޕޯޓްކުރާ މިންވަރު ކުޑަވެ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވާނެ.
676 ދުވަސް ކުރިން - 07:13

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ބިސް އިމްޕޯޓް ކުރުމަށް ބަރޯސާވުން ނައްތާލުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް ބޭނުންވާ ވަރަށް ކުކުޅު ބިސް އުފެއްދުމަށް ޕޯލްޓްރީ ފާމެއް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ރާވާފައި. މިކަން ފަށާނީ އުތުރު ތިލަފަޅުގެ ދަނޑުވެރިކަމުގެ ޒޯނުގައި
676 ދުވަސް ކުރިން - 06:47

ފުވައްމުލައް ސިޓީގައި ޤާއިމުކުރާ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއަކީ އެ ސިނާޢަތުން ލިބޭ އާމްދަނީ އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެ.
687 ދުވަސް ކުރިން - 16:59