Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލަކުގައި ޤާއިމުކުރާ ޤައުމީ ލެބޯޓަރީން ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ކުރާނެ: ވަޒީރު ޑރ. ރަމީލާ

ފުވައްމުލަކުގައި ޤާއިމުކުރާ ޤައުމީ ލެބޯޓަރީން ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ކުރާނެ: ވަޒީރު ޑރ. ރަމީލާ

އާނާ ފަހީމް
732 ދުވަސް ކުރިން - 29 އޯގަސްޓް 2024 16:59
ޑރ. ރަމލާ އަދީ ފުވައްމުލައް ސިޓީ ކައުންސިލް މޭޔަރ
ޑރ. ރަމލާ އަދީ ފުވައްމުލައް ސިޓީ ކައުންސިލް މޭޔަރ
ޚުލާސާ

ފުވައްމުލައް ސިޓީގައި ޤާއިމުކުރާ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއަކީ އެ ސިނާޢަތުން ލިބޭ އާމްދަނީ އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެ.

ދަނޑުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް ޤައުމީ ލެބޯޓަރީ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ، ދަނޑުވެރިކަމުގެ ލެބޯޓަރީއެއްގެ މުހިންމުކަން ފާހަގަކުރެވެނީ ދަނޑުތަކަށް ބަލިޖެހޭ ހާލަތްތަކުގައި ނުވަތަ ދަނޑުވެރިންގެ މަސައްކަތުން އެކަށީގެންވާ ނަތީޖާ ނުނެރެވޭ ދަނޑިވަޅުތަކުގައެވެ. އަދި މިފަދަ ލެބޯޓަރީއެއް ޤާއިމުވުމަކީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ނަފާ ލިބުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

 "މިފަދަ ލެބޯޓަރީއެއް ޤާއިމްވެގެން އައުމަކީ އަސްލު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ފުރިހަމަ މަންފާ ލިބުމަށް އެހީތެރިވާނެކަމެއް. ރާއްޖެއިން ބޭރަށް ފޮނުވައިގެން މިގޮތަށް ޓެސްޓުތައް ހެދުމަށް ދިމާވުމަކީ ދަނޑުވެރިން ކުރާ މަސައްކަތަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ވެގެން ދާކަމެއް،" ޑރ. ރަމީލާ ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ ޢިމާރާތް އެޅުމަށް 11 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދު ކުރާއިރު، މި ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމަންޓްތައް މިހާރުވަނީ ގަނެ ފުވައްމުލަކަށް ސަޕްލައި ކޮށް ނިންމާފައެވެ. އަދި ލެބޯޓްރީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ތަމްރީން ކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެސް ވަނީ ވެވިފައެވެ. ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި ޔޫއެންޑީޕީން ކުރިއަށް ގެންދާ "ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އިކޮނޮމީ" އިންނެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ފެސިލިޓީގައި ހިމެނޭ އެހެން ލެބޯޓްރީތަކަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ "މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް" އިން ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. މި ދެ ޕްރޮގްރާމްގެ އެހީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއާއި އެހެނިހެން ލެބޯޓަރީތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށް މަގުފަހިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އައިޝަތު ރަމީލާ (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި

238 ދުވަސް ކުރިން - 23:35

އެޗްއާރްސީއެމްގެ ރައީސް ކަމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރުމަށް ފޮނުވައިފި

238 ދުވަސް ކުރިން - 10:37

އެޗްއާރުސީއެމަށް އައްޔަން ކުރަން ޑރ. ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފި

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް

333 ދުވަސް ކުރިން - 19:02

ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

638 ދުވަސް ކުރިން - 11:33

ސިޓީ ކައުންސިލުން ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ ޢަމަލީ މަސައްކަތް ކޮށްފައި ނުވާތީ، ބައްދަލުވުމެއް ބާއްވައިފި

ބުޅާތައް ފެސިލިޓީއަށް ނުގެންދާތީ ސިޓީ ކައުންސިލާއި ބައްދަކުރައްވައިފި

644 ދުވަސް ކުރިން - 12:25

ފުވައްމުލަކުގައި ޤާއިމް ކުރާ ޤައުމީ ލެބޯޓަރީގެ ޙިދުމަތް 2025 ގައި ފޯރުކޮށްދެވޭނެ: ވުޒާރާ

ޤައުމީ ލެބޯޓަރީ: 2025 ގައި ޚިދުމަތް ފެށޭނެ

652 ދުވަސް ކުރިން - 15:15