ރާއްޖެއަށް އެތެރެވުމަށްޓަކައި ކައުންޓަރފީޓް ނުވަތަ ފޯޖް ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މިއަހަރު އަމާޒު ހިފާފައިވާކަމަށް ޝަމްޢާން ވިދާޅުވި.
682 ދުވަސް ކުރިން - 09:11
އިމމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ 3 އަހަރުތެރޭ މިކަން ހައްލުކުރުމަކީ އަމާޒެއްކަމަށް. މާލޭގައި ކުރެވުނު އިންސްޕެކްޝަންތަކުން 95% މީހުން ހާޒިރުވެފައިވޭ. ބިދޭސީންނާއި އެމީހުން ގެންގުޅޭފަރާތްތައް ގަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރޭ. ރެގިއުލަރައިޒްވުމާއި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވިފައިވޭ.
705 ދުވަސް ކުރިން - 08:37
ޝައްމާން ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށް. އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކަކަށް ވާއިރު، ފޮޓޯއިން ފެންނަ ދެ ފަރާތަކީ އިމިގްރޭޝަނާ އެއްވެސް ގުޅުމެއް އޮންނަ ދެ ފަރާތެއް ނޫން ކަމަށް ޝައްމާން ވިދާޅުވި. އެ ދެމީހުންގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން.
718 ދުވަސް ކުރިން - 10:26
މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާ، ބަންގްލަދޭޝް، ވިއެޓްނާމް، ނޭޕާލް، އަދި ލަންކާއިން ރާއްޖެ އައިސް ގަވާއިދާ ހިލާފަށް ވިޔަފާރިކުރި 105 އަންހެނުން ޑީޕޯޓްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އިތުރު މަސައްކަތްތެރިން ދެނެގަނެ ޑިޕޯޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
728 ދުވަސް ކުރިން - 20:58
ޝަމްޢާން ވިދާޅުވީ ބިދޭސީ މީހާ އުޅެނީ ޤަވާޢިދުގެ ތެރެއިންތޯ މި އެޕްލިކޭޝަންގެ ޒަރިއްޔާއިން އިމިްގްރޭޝަން އޮފިސަރުންނަށް ބަލާލެވޭނެ ކަމަށާއި މިއީ އިމިގްރޭޝަންގެ ޚިދުމްތަތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް.
730 ދުވަސް ކުރިން - 19:37